އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްފީނާއިން ސަލާމަތްވުން 3: އެސްފީނާލީކަމަށް ތުހުމަތުކުރެވޭ މީހާގެ ކިބައިން އޭނާ ވުޟޫކުރި ފެނަށް އެދިއްޖެނަމަ ފެންދޭންޖެހޭނެ!

އެސްފީނާއިން ސަލާމަތްވުން 3: އެސްފީނާލީކަމަށް ތުހުމަތުކުރެވޭ މީހާގެ ކިބައިން އޭނާ ވުޟޫކުރި ފެނަށް އެދިއްޖެނަމަ ފެންދޭންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު

(މިލިޔުމުގައި ކުރި ބަޔާންކުރި) ޙަދީޘުން އެނގިގެންދިޔަ ކަމަކީ، މީހަކަށް އެސްފީނާ ޖެހުނީ މިވެނި މީހެއްގެ ފަރާތުންކަން އެނގޭނަމަ، އެމީހަކު ލައްވާ، ކުރިން ބަޔާންކޮށްފައިވާ ސަހްލު ބުން ޙަނީފުގެ ޙަދީޘުގައިވާ ފަދައިން ހަށިގަނޑުގެ ގުނަވަންތައް ދޮވެ، ދޮވުމުގައި އޮހޮރިގެން އަންނަ ފެން ނަގައިގެން އެސްފީނާ ޖެހިފައިވާ މީހާގެ ގަޔަށް ޖަހާނީއެވެ. ޙަދީޘުގައި އިޒާރުގެ އެތެރެ ދޮވުނުކަމަށް އޮތް ބައިގެ މުރާދަކީ، ލައިގެން ހުރި ހެދުމުގެ އެތެރެ ދޮވެލުމެވެ. 

އަދި މީހަކު ތިބާ ގާތަށް އައިސް، ތިބާގެ ކިބައިން އަހަންނަށް ނުވަތަ މިވެނި މީހަކަށް އެސްފީނާ ޖެހިއްޖެޔޭ ނުވަތަ ޖެހިއްޖެކަމަށް ބެލެވެޔޭ، އެހެންވީމާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ފަދައިން، ތިބާ ކައިރިން ގުނަވަންތައް ދޮވުމަށް ތިމަންނަ އެދެމޭ ބުނެވިއްޖެނަމަ، އެކަމަށް އިޖާބަދޭން ވާނެއެވެ. ސަބަބަކީ އެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރައްވާފައި ވާތީއެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ޛިކުރުކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. 

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " الْعَيْنُ حَقٌّ وَلَوْ كَانَ شَىْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا ."

މާނަ: އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އެސްފީނާއަކީ ޙަޤީޤަތެކެވެ. އެއްވެސް އެއްޗެއް މިންވަރުފުޅު ފަހަނައަޅައިދާ އެއްޗެއްކަމުގައި ވީނަމަ، ފަހެ، އެސްފީނާ އެފަދައިން ވީހެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކިބައިން (އެސްފީނާގެ ސަބަބުން) ފެންވެރުމަށް އެދިއްޖެނަމަ، ފަހެ، އެކަން ކުރާހުށިކަމެވެ." 

އެހެންކަމުން މީހަކު މިކަމަށްޓަކައި ގުނަވަންތަށް ދޮވުމަށް ތިބާ ގާތުން އެދިއްޖެނަމަ އެއްވެސް ޙާލެއްގައި ރުޅި އިސްކޮށްގެން ނުވާނެއެވެ. އަދި އެކަމަށް އިންކާރުކޮށްގެންވެސް ނުވާނެއެވެ. އެހެނީ އެފަދައިން ކަންތައް ކޮށްގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެއެވެ. އަދި އެއެދުމަށް ޢިޖާބަ ދިނުމަކީ އޭނާގެ މައްޗަށްވާ ޒިންމާއެކެވެ. ސަބަބަކީ އެފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވާތީއެވެ. އަދި އެފަދައިން އެދޭ މީހާވެސް އެމީހަކު ފަޟީޙަތް ވާހެން ނުވަތަ ދެރަވެ، ލަދުގަންނާނޭހެން ކަންތައް ކޮށްގެން ނުވާނެއެވެ. އެއީ އޭގެ ސަބަބުން އިތުރު ފިތުނަތަކަކަށް ދޮރު ހުޅުވިޔަ ނުދިނުމަށްޓަކައެވެ. ދެން އެސްފީނާ ޖެއްސީ ކާކުކަން ނޭނގޭނަމަ، ޝަރުޢީ ރުޤްޔާ ކުރުމުގެ ގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޛިކުރުތައް ކިޔަވައި ރުޤްޔާކުރެވިދާނެއެވެ.   އަދި އެކަމުން ސަލާމަތް ވުމަށް އެދި ގިނަގިނައިން ދުޢާކޮށް ހެނދުނާއި ހަވީރުގެ ޛިކުރަތަކަށް ރައްކާތެރިވާނިއެވެ. 

- އައްޝައިޚް މަތީޢު އިސްމާޢީލް މުޙައްމަދު ގެ ލިޔުއްވުމަކުން

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް