އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިސްކަލުގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރުން ހުއްޓުވި މައްސަލައިގައި 4 ލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި

ބައިސްކަލުގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރުން ހުއްޓުވި މައްސަލައިގައި 4 ލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

މާލޭގެ މަގުތަކުގައި އައިސްކްރީމް ވިއްކަމުންދަނިކޮށް، އެ މަސައްކަތް ހުއްޓުވި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ގެއްލުމުގެ ބަދަލަށް އެ މީހާ އަށް 400،000ރ. ދައްކަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

 

2011 ގައި މާލޭގައި އައިސްކްރީމް ބައިސްކަލުތަކެއްގައި މީހަކު އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރަމުން މާލޭ ސިޓީ ކައުންސިލުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

 

މިމައްސަލައިގައި 1.1 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލަށް ނަގައިދިނުމަށް ހައިކޯޓުގައި އެމީހާ އެދިފައިވީ ނަމަވެސް ހައި ކޯޓުން އިއްޔެ ހުކުމްކުރީ ގެއްލުމުގެ ބަދަލަށް 400،000ރ. އެ މީހާ އަށް ދިނުމަށެވެ.

 

 ހައި ކޯޓުން މިގޮތަށް ނިންމީ އޭނާ އެ ވިޔަފާރި ކުރި އިރު ދުވާލަކަށް ލިބުނު އާމްދަނީ ރޭޓުން 90 ދުވަހަށް ވާ ފައިސާ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށެވެ. ގެއްލުމުގެ ބަދަލަށް ހަތަރު ލައްކަ ރުފިޔާ ކަނޑައެޅީ އެ ގޮތަށް ހިސާބު ހެދުމަށް ފަހު އެވެ.

 

 ހައި ކޯޓުން މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަންގާފައި ވަނީ 1 މަސް ތެރޭގައި މިފައިސާ އެމީހާއަށް ދެއްކުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު