އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެލެޒިނީ ފުލުހުންގެ ބަންދުން ދޫކޮށްލާ، އާއިލާއާއި ހަވާލު ކޮށްފި

ވެލެޒިނީ ފުލުހުންގެ ބަންދުން ދޫކޮށްލާ، އާއިލާއާއި ހަވާލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އިސްލާމްދީންގެ އަސްލާއި ހިލާފު ވާހަކަތަކެއް ދައްކާ މުރުތައްދުވެފައި ވުމުން ހައްޔަރު ކުރެވުނު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ފުލުހުންގެ ބަންދުން މިނިވަންކޮށް، އޭނާގެ އާއިލާ އާއި ހަވާލު ކޮށްފިއެވެ.

 

ވެލެޒިނީ މިނިވަން ކޮށްފައިވާއިރު މިއަދުގެ ވަގުތެއްގައި އޭނާ ވަނީ ފަރުވާއަށް އައިޖީއެމްއެޗް ގައި އެޑްމިޓު ކުރެވިފައެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ވެލެޒިނީ ފުލުހުންގެ ބަންދުން މިނިވަންކޮށް އާއިލާއާއި ހަވާލު ކޮށްފައިވަނީ، އޭނާ އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީއެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދޫކޮށްލި ނަމަވެސް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

 

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ވެލެޒިނީ ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ 19:26 ހާއިރުއެވެ.

 

ނެދަލޭންޑްސް ގައި ހުރިއިރު ވެލެޒިނީ ވަނީ ރަސޫލު ކަމަށް ދައުވާކޮށް، އިސްލާމްދީނުގެ އަސްލާއި ޚިލާފުވާ ވަރަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެކަމުގެ ސަބަބުން، އޭނާއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމާއެކު، ވެލެޒިނީ އަކީ "ސިކުނޑި ހަމަނުޖެހޭ" މީހެއް ކަމަށް ބުނެ، އޭނާ ހައްޔަރު ކޮށްފައި ނުބެހެއްޓުމަށާއި ދޫކޮށްލުމަށް ބައެއް ސިޔާސީ އިސް ފަރާތްތަކާއި އެހެނިހެން ބައެއް ފަރާތްތަކުން ވެސް ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ