އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާ ކުރުމުގައި އަތްއުފުލުމުގެ ޙުކުމް!: ޑރ. އިޔާޟް

ދުޢާ ކުރުމުގައި އަތްއުފުލުމުގެ ޙުކުމް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

"ފަރުޟު ނަމާދުކޮށް ނިމިގެން ދެއަތް އުފުލައި ދުޢާކުރުމަކީ އޮންނަކަމެއް ނޫން ކަމަށާއި އަދި އެކަން އެހެން ކޮށްފިނަމަ ބިދުޢަ ތެރޭގައި ހިމެނޭނެ ކަމަށް ޑރ.އިޔާޟް ވިދާޅުވަނީ. ސުވާލަކީ ފަރުޟު ނަމާދުކޮށް ނިމިގެން ޛިކްރް ތަސްބީޙައަށްފަހު ދެއަތް އުފުލައި ދުޢާ ކުރެވިދާނެތޯ؟ (ދެއަތް އުފުލައި ދުޢާ ކުރުމާއި ދެއަތް ނުއުފުލައި ދުޢާ ކުރުމުގައި ޚުޝޫޢަތްތެރިވުމުގައި ކޮންމެވެސް ތަފާތެއް ހުންނާތީ ސާފުކޮށްލަން ބޭނުންވަނީ)

 

ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވުފައިވަނީ "ޛިކްރް ތަސްބީޙައަށްފަހު ވަކި ޚާއްޞަ ދުޢާއެއް ކިޔުން ސާބިތެއް ނޫނެވެ. ނަމަވެސް ބޭނުން ދުޢާއެއް ކުރެވިދާނެއެވެ. ނަމަވެސް އަތް ނުއުފުލާ ސަބަބަކީ އެއްވެސް ފަރުޟު ނަމާދަކަށްފަހު ރަސޫލާ (ޞޢވ) އަތްޕުޅު އުފުއްލަވައި ދުޢާ ކުރައްވާފައި ނުވާތީއެވެ. ހަމަ އެގޮތަށް ހުކުރު ޚުޠުބާ ނުވަތަ އެނޫން ޚުޠުބާތަކުގައި ދުޢާ ކުރައްވާއިރު އަތްޕޫޅު އުފުއްލަވާފައެއް ނުވެއެވެ. އެނޫން ޙާލަތްތަކުގައި ދުޢާކުރާއިރު އަތް އުފުލުމަކީ ދުޢާ އިޖާބަކުރައްވަވާ ސަބަބެކެވެ.

 

"ފަރުޟު ނަމާދުގެ އިހުސުންނަތް ކޮށްފަ އިމާމާ ޤަމާތް ދިނުމާއި ދެމެދުގައި ދުޢާކުރާއިރު އަތް ނަގައިގެން ދުޢާކޮށްފަ މޫނުގަ އަތް އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟"

 

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ސުންނަތް ނަމާދުގެ ފަހުގައި އަތް އުފުލައިގެން ދުޢާ ކުރެވިދާނެއެވެ. ނަމަވެސް މޫނުގައި އަތްއެޅުމަށްވުރެ ރަނގަޅީ ނުއެޅުމެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް