އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ބާއްވާ ކުޅިވަރު ފެސްޓިވަލް އިފްތިތާޙްކޮށްފި

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ބާއްވާ ކުޅިވަރު ފެސްޓިވަލް އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ބާއްވާ ކުޅިވަރު ފެސްޓިވަލް އިފްތިތާޙްކޮށްފިއެވެ.

 

ފެސްޓިވަލް އިފްތިތާހް ކުރުމަށް މިއަދު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އިންތިޚާބީ ރައީސް ޢާއި ނައިބްރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާއި ކޯލިޝަނުގެ ލީޑަރުންނާއި ކޯލިޝަނުގެ އިސް ގިނަ އަދަދެއްގެ ބޭފުޅުންނާއި މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިރަސްމިއްޔާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވި މި ފެސްޓިވަލުގެ ސަބަބުން ރައްޔިތުންގެ ވިސްނުމުގައި މިހާރުހުރި ވާދަވެރިކަން ބަދަލުވެ އެކުވެރިކަން އިތުރުވެ ޤައުމީ ރޫޙް އިތުރުވެ އާލާވެގެންދާނެ ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވިދާޅުވީ ހުރިހާ އުމުރެއްގެ މީހުން ބައިވެރިވެގެން މިފަދަ ޙަރަކާތްތަކެއް ހިންގުމުގެ ބޭނުމަކީ ތަފާތު ވިސްނުންތައް އެއްގޮތްކުރުމާއި ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި ކުޅިވަރުގެ ރޫޙަކީ، ކުޅިވަރުކުޅުމަކީ ޞިއްހަތަށް ވަރަށް ބޭނުންތެރި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޞިއްޙީ ދުޅަހެޔޮ ކަމަށްޓަކައި، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެންމެ ބޭނުންތެރި އެއް ކަންތައް ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް މަސައްކަތް ކުރެއްވުމަށް އިސްކަން ދެއްވި ބޭފުޅަކަށްވެވަޑައިގަތުމުން ކުޅިވަރު ނުކުޅުއްވެވުނު ނަމަވެސް އަބަދުވެސް ކުޅިވަރު ކުޅުމުގެ މުހިންމުކަމާއި ބޭނުންތެރިކަން ފާހަގަކުރެއްވެވޭތީ އެއިރަކު ވެދެއްވެން އޮތް ވަރަކުން ކުޅިވަރު ކުޅުމަށް ކްލަބް ޖަމިއްޔާތަކަށް އެހީތެރިވެދެއްވާފައިވާނެ ކަމަށެވެ.

 

"އިންސާނުންނަށް އެންމެ ބޮޑަށް ބޭނުންވަނީ އެކުވެރިކަން އާލާކުރުމާއި ސިއްޙީ ދުޅަހެޔޮކަން. ކުޅިވަރުވެސް ކުޅެންވާނީ އެއިގެ ރަނގަޅު ރޫހުގަ. މުބާރާތަކުން ބަލިވީމާ، މޮޅުވީމާ އެކަން އެނިމުނީ. އެހިސާބުން ވާދަވެރިކަން ނިމެންވާނެ. ދުޝްމިނުކަން ދޫކޮށް އެކުވެރިވާން ވާނެ." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް