އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްއަހަރުގެ މެދުކެނޑުމަކަށްފަހު، މެމްބަރު ރިޒާގެ ތުއްތޮންބެ ކަޕް މިއަހަރު ބާއްވަނީ..

އެއްއަހަރުގެ މެދުކެނޑުމަކަށްފަހު، މެމްބަރު ރިޒާގެ ތުއްތޮންބެ ކަޕް މިއަހަރު ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 30 ސިކުންތު

އެއްއަހަރުގެ މެދުކެނޑުމަކަށްފަހު، މެމްބަރު ރިޒާގެ ތުއްތޮންބެ ކަޕް މިއަހަރު ބާއްވަން ނިންމައިފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޒާ ކ. ގުރައިދޫގައި ބާއްވަމުން އަންނަ މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ޖެހިގެން އައި 2017 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ބޭއްވި ކުޅިވަރުގެ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ގޮތުން ފައުބެއަހަރުގެ މުބާރާތް ވަނީ ކެންސަލްކޮށްފައެވެ.

 

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މިއަހަރުގެ މުބާރާތް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 30 ވާ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ. އަދި މި މުބާރާތުގައި އެރަށުގެ 6 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ.

 

މިއަހަރުގެ މުބާރާތުގައި 18 މެޗު ކުޅުމަށް ކުޅުމަށް ތާވަލުކޮށްފައިވާ އިރު، މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ މި މަހުގެ 9 ވީ ހުކުރު ދުވަހުގެ ރޭ 21:00ގައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު އިބްރާހިމް ރިޒާގެ އިސްނެންގެވުމަކަށް ބާއްވާ މި މުބާރާތުގެ މަޤުޞަދަކީ ރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކުރުވާ، މުބާރާތްތަކުގައި ވާދަކޮށް، ވާދަވެރި މެޗުތަކަށް ހޭނުވުމެވެ. އަދި ހުރިހާ ޒުވާނުން އެއްމާޙައުލަކުން ބައްދަލުވެ، އެކުވެރިކަމާއެކު އުޅުމުގެ މަގު ފަހިކޮށްދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް