އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ނިންމާލަން ޖެހިއްޖެ

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ނިންމާލަން ޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 27 ސިކުންތު

 

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން މުބާރާތުގައި ގްރޫޕުގެ ފުލުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ނިންމާލަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރުގެ ގްރޫޕް ޑީގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުން ފަލަސްތީނު އަތުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މި މެޗު ފަލަސްތީނުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަރްޔަމް ރިފާ އެވެ.

ކޮލިފައިންގގައި ކުޅުނު 3 މެޗުންވެސް ބަލިވެފައިވާ އިރު، ރާއްޖެ ކުޅުނު ފުރަތަމަ މެޗު ޖޯޑަނުން ކާމިޔާބުކުރީ 0-6 ލަނޑުންނެވެ. އަދި ދެވަނަމެޗު އިންޑޮނޭޝިއާ އިންކާމިޔާބުކުރީ 1-3 ލަނޑުންނެވެ.

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން މުބާރާތަކީ 2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޮލިމްޕިކްސް އަށް އޭޝިއާ ސަރަހައްދުން ކޮލިފައިވާ ދެ ޓީމު ހޮވަން ބާއްވާ މުބާރާތެކެވެ.

އޭއެފްސީ އޮލިމްޕިކް ކޮލިފައިން މުބާރާތް ކުޅެނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ހަތަރު ގްރޫޕު ހިމެނޭ އިރު ކޮންމެ ގްރޫޕަކުން އެއްވަނަ ޓީމު އަދި ދެވަނަ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާ އިރު، ދެވަނަ ބުރުގައި 12 ޤައުމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭނެއެވެ.

އެ ބުރުގެ ގްރޫޕުތަކުން އެއްވަނަ ލިބޭ ޓީމުތައް ތިންވަނަ ބުރަށް ދަތުރުކޮށް ތިންވަނަ ބުރުގައި 8 ޓީމު ދެ ގްރޫޕަކަށްބަހާލައިގެން ކުޅެން ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދަތުރު ކުރާނެއެވެ.

ފައިނަލް ބުރަކީ އެ ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޮފް ރައުންޑެކެވެ. އޮލިމްޕިކްސްއަށް ކޮލިފައި ވާނީ އެ ބުރުގައި މޮޅުވާ ދެ ޓީމެވެ.

އޮސްޓްރޭލިއާ، އުތުރު ކޮރެއާ، ޗައިނާ، ދެކުނު ކޮރެއާ އަދި ތައިލެންޑު ވަނީ އޮޓޮމެޓިކުން ތިން ވަނަ ބުރަށް ކޮލިފައިވެފައެވެ. އެއީ ފީފާ ރޭންކިން އަށް ބަލައިގެންނެވެ.

މީގެ އިތުރުން ވިއެޓްނާމްއާއި އުޒްބެކިސްތާން ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައިވާ އިރު، 2020 ވަނަ އަހަރު އޮލިމްޕިކްސް ބާއްވާ ޤައުމުގެ ޙައިޘިއްޔަތުން ޖަޕާނު ވަނީ މުބާރާތަށް އޮޓަމެޓިކުން ކޮފައިވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް