އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖު ކޯޕޮރޭޝަނަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 300 މީހުންގެ ފައިސާ މިހާރަކު ނެތް- ދަރަންޏަށްވެސް ހައްޖަށް ގެންދޭ!: ކޮމިޓީ

ހައްޖު ކޯޕޮރޭޝަނަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 300 މީހުންގެ ފައިސާ މިހާރަކު ނެތް- ދަރަންޏަށްވެސް ހައްޖަށް ގެންދޭ!: ކޮމިޓީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

އިތުބާރާއިއެކު މީހުންނަށް ޙައްޖަށް ދެވޭނެ ގޮތް ހަމަޖައްސަން ސަރުކާރުން އުފެއްދި މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން 300 މީހުން ހައްޖަށް ގެންދާނެ ފައިސާ މިހާރު ކުންފުނީގައި ނެތްކަމަށް ޓްރާންސިޝަނަލް ކޮމިޓީން ބުނެފިއެވެ.

 

ކޮމިޓީން މިއަދު ބުނީ ކުންފުނީގައި ހުންނަން ޖެހޭ ފައިސާއިން 30 މިލިއަން ރުފިޔާ މަދުވާކަމަށް ބެލެވޭ ކަމަށެވެ. އަދި އެއްވެސް ފައިސާއެއް ނުދައްކާ މީހުން ދަރަންޏަށް ވެސް ޙައްޖަށް ގެންގޮސްފައިވާ ކަމަށެވެ.

 

ޢާދަމް ޢާޒިމް މިއަދު ވިދާޅުވީ މިއީ އަދި އަންދާސީ އަދަދުތަކެއް ކަމަށާއި އަޞްލު އަދަދު އެނގޭނީ ހިސާބުތައް ރަނގަޅަށް ބެލުމުން ކަމަށެވެ. "30 މިލިއަން ރުފިޔާ އަކީ މީހަކަށް 1 ލައްކަ ރުފިޔާގެ މަގުން ބަލައިފިނަމަ 300 މީހުން ހައްޖަށް ގެންދަން ޚަރަދުކުރަން ހުރި ފައިސާ."

 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލްޔާސް ލަބީބު ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ހައްޖަށް ދިއުމަށް ފައިސާ ދެއްކުމުން މަކަރުހެދުމުން ހައްޖަށް ނުދެވިވާ މީހުން ހައްޖަށް ގެންގޮސް އަދި ނުނިމޭ ކަމަށެވެ. އަދި ހައްޖު ކޯޕޮރޭޝަނުން މިހާރު އޮތް ޙާލަތުން ސަލާމަތް ކުރެވޭނީ ހިއްޞާ ވިއްކުން ނުވަތަ ސަރުކާރުން ފައިސާ ދީގެން ކަމަށެވެ.  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް