އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅަނގުފަރާތުން އިރުއަރާނެކަމަށް ސައިންސްވެރިން މިހާރު އެއްބަސްވޭ! މިއަދުވެސް އޮތް އެންމެ ބިރުވެރި އެއްމައްސަލަ!: ޝައިޚް ޢުމަރު އަލްބަނާ

ހުޅަނގުފަރާތުން އިރުއަރާނެކަމަށް ސައިންސްވެރިން މިހާރު އެއްބަސްވޭ! މިއަދުވެސް އޮތް އެންމެ ބިރުވެރި އެއްމައްސަލަ!: ޝައިޚް ޢުމަރު އަލްބަނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 7 ސިކުންތު

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލާއިރު މުސްލިމުންނަށް ކުރިމަތިވަމުން މިއަންނަ މައްސަލަތަކުން ޔަޤީންވަނީ ޤިޔާމަތް ވަރަށް ކައިރިވެއްޖެކަމެވެ. މިއަދު މުސްލިމުންނަށް ކުރިމަތިލާން ޖެހިފައިވާ ދަތި ޙާލަތަކީ ކުރައްވަވާ ވަރަށް ބޮޑު އިމްތިޙާނެކެވެ. މި އިމްތިޙާނުން ފާސްވުމަށްޓަކައި އިންތިޒާރުކުރަންވީ މަހްދީގެފާނު ފައުޅުވާނެ ދުވަހަކަށް ނޫނެވެ. އަވަސްވެގަންނަންވީ ތައުބާވުމަށެވެ.

ޤިޔާމަތްވުމުގެ ކުރިން ފައުޅުވާނެ ޢަލާމާތްތައް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެ ކަންކަމަށް ބަލާއިރު މަޙްދީގެފާނު ފައުޅުވާނެ ދުވަހާއި ހަމައަށް ދުނިޔޭގައި ތިބޭނެކަމަށް އިންތިޒާރުކުރުމެއް ނެތެވެ. އެއީ އަދި މާފަހުން ވާން އޮތް ކަމެކެވެ. މިއަދު ވިސްނަންވީ މިއަދުގެ ޙާލަތާއިމެދުގައެވެ. މިއަދުގެ މިހާލަތުގައި ތިމާގެ އީމާންތެރިކަމުގައި ސާބިތުވާނެ ގޮތްތަކަށެވެ. 

ކީރިތި ޤްރުއާން ޤަބޫލު ނުކުރާ މީހުން ސުވާލުކުރެއެވެ. ހުޅަނގުފަރާތުން އިރުއެރުމަކީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟ މިފަދަ ސުވާލުތައް ކުރިނަމަވެސް ޙަޤީޤަތް ހާމަކުރަންކެރޭ ސައިންސްވެރިން މިހާރުވެސް ވަނީ އެއީ ހިނގާނެ ކަމެއް ކަމަށް ބުނަމުންނެވެ. އެމީހުން ދައްކަނީ ދުނިޔެ އެނބުރޭ ނިޒާމަށް ބަދަލު އަންނާނެ ކަމުގެ ވާހަކައެވެ. މިދެއްކެނީ ހަމަ އެއް ވާހަކައެކެވެ. އިރުމަތިފަރާތުން އިރު އެރުމުގެ ބަދަލުގައި ހުޅަނގުފަރާތުން އިރުއަރާނެ ކަމުގެ ވާހަކައެވެ.

އެމީޙުންގެ ބަހުރުވައިންނަމަ ދުނިޔެ ހުއްޓުމަކަށް އަންނަނީއެވެ. ދުނިޔޭގެ ބެލެންސްގެއްލި ނުއަތު ބުރެއް އަޅަނީއެވެ. 

ﷲ ތަޢާލާ އެކަމަށް އިރާދަ ކުރެއްވެވުމުން އެކަންވުމަކީ ހަމަ ވަރަށް ފަސޭހަ ކަމެކެވެ. ﷲ ތައާލާ އެކަން މެދުވެރިކުރައްވަވާނީ ކިހިނަކުންކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ޔަޤީންކުރަންވި ކަމަކީ އިރުމަތިފަރާތުން އިރު އަރުއްވަނީ ވެސް ﷲ ތަޢާލާ ކަމާއި އިރުމަތިފަރާތުން އިރު އަރުއްވަވާފަދައިން ހަމަ ހުޅަނގު ފަރާތުން އިރު އެރުއްވެވުމަކީ ﷲ ތަޢާލާ އެކަމަށް އިރާކުރެއްވެވުމުން ވަގުތުން ވެގެންދާނެ ކަމެއް ކަމެވެ. 

އަހަރެންނަށް ވިސްނޭ ބައެއް ވިސްނުން ބުނެފާނަމެވެ. ދުނިޔެ މިހާރު ދައުރުކުރަމުން މިދަނީ ދުވާލަކު އަތަކަށް ނޫނެވެ. އެއް އަތަށެވެ. އެއްދުވަހު ކަނާއަތަށް އަނެއް ދެވަހު ވައަތަކަށް ނޫނެވެ. އެއް އަތަކަށެވެ. ﷲ ތަޢާލާ އެކަން ބަދަލުކުރައްވަވައި މިހާރު ދުނިޔެ ދައުރުކުރަމުންދާ އަތް ނޫން އަނެއް އަތަށް ދައުރުވުން ބަދަލުކޮށްލެއްވެވި ނަމަވެސް އިރުއަރާނީ ހުޅަނގުފަރާތުންނެވެ. އަދި އިރު ދައުރުވާ ގޮތް ބަދަލުކޮށްލެއްވެވިނަމަވެސް އިރު އަރާނީ ހުޅަނގުފަރާތުންނެވެ. އަދި އިރު ހުޅަނގުފަރާތަށް އޮއްސުމުން އޮއްސުނު ދިމާއިން އެރުމަށް އަމުރުފުޅު ކުރެއްވެވި ނަމަވެސް ހަމަ ވަގުތުން އިރުއަރާނީ ހުޅަނގުފަރާތުން ނޫންހެއްޔެވެ؟ 

މިކަންކަން ހިނގާނެ ގޮތް ޚިޔާލަށް ގެންނަންވެސް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެހެނީ ޢިލްމުގެ ތެރެއިން އަހަރެމެންނަށް ދެއްވަވާފައި މިވަނީ ވަރަށް ކުޑަ މިންވަރެއް ކަމުގައިވާތީއެވެ. އަހަރެމެންނަށް މިއެނގެނީ ހަމައެކަނި ﷲ ތަޢާލާ އެންގެވި މިންވަރެއް ކަމުގައިވާތީއެވެ.  

ޢީސާގެފާނު ދައްޖާލު މަރުއްވަވައި ޔައުޖޫޖު މައުޖޫބާއިގެ މީހުންގެ ކިބައިން ﷲ ތަޢާލާ މީސްތަކުން ސަލާމަތް ކުރެއްވެވުމުން މަގުފުރެދިފައިވާ މީހުން ވަރަށް މަދުވާނެއެވެ. ނަމަވެސް އެފަދަ ބައަކު ކޮންމެ ޒަމާނެއްގައިވެސް ތިބޭނެއެވެ. 

މީސްތަކުންނަށް ﷲ ތަޢާލާ ނިއްމަތްތައް އިތުރުކުރައްވަވާ ވަރަކަށް ޣާފިލުކަން ދާނީ ބޮޑުވަމުންނެވެ. ﷲ ތަޢާލާގެ އެންގެވުންތައް ހަނދާން ނައްތައިލާ މީހުން ދާނީ ގިނަވަމުންނެވެ. މިއީ ދުނިޔެ ފެށުނީންސުރެ މިކަން ހިނގަމުން އަންނަ ގޮތެވެ. އެދުވަހުން ވެސް ވާނީ ހަމައެހެންނެވެ. މީސްތަކުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވުމުން އިންސާނުންނަށް ޤަބޫލުކުރެވޭނީ ކަލާނގެއަކީވެސް އެމީހުން ކަމަށެވެ. މާނައަކީ އެމީހުންނަށް  

ބަލަންވީ ދުނިޔެއަށް ހުޅަނގުން އިރު އަރާނެ ގޮތަކީ ކޮބައިތޯއެއް ނޫނެވެ. އަދި އެކަން ހިނގާނެ ދުވަހަކަށްދުވަހަކަށްވެސް ނޫނެވެ. އާޚިރަތް އެދޭ މީހާ ބިރުގަންނަންވީ ތިމާއަށް މިވަގުތު ވެސް ހުޅަނގުން އިރުއަރަފާނެ ކަމަށެވެ. މިވަގުތުވެސް ތިބާގެ ފުރާނަ ހިއްޕަވައިފިނަމަ އެއޮތީ ތިބާއަށް ޤިޔާމަތްވެފައެވެ. ހުޅަނގުން އިރު އަރައިފައެވެ. 

- ޝައިޚް ޢުމަރު އަލްބަނާ

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
33%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް