އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގީގެ ކުރިން މިސްކިތަށް އަރާ މީހާއާ ފަހުން އަރާ ބޮޑުތަނުން ތަފާތުވާނެ!: މުފްތީ މެންކް

ބަންގީގެ ކުރިން މިސްކިތަށް އަރާ މީހާއާ ފަހުން އަރާ ބޮޑުތަނުން ތަފާތުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ބަންގީގެކުރިން މިސްކިތަށް އަރާ މީހާ އާއި ފަހުން އަރާ މީހުން ހާސްބައި ތަފާތުވާނެއެވެ. ފުރަތަމަކަމަކީ ކުރިން އަރާމީހާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކުރިހޯދާކަމެވެ. "ނަމާދަށް އަންނާށޭ! ފަލާޙް ލިބިގަންނަން އަންނާށޭ!" ގޮވައިލެވުމުގެކުރިން ޢިޖާބަދީގެން ހުންނަކަމެވެ.

ނަމާދަށް ޝައުޤްވެރިވެއްޖެ މީހާ ބަންގި ގޮވުމުގެ ކުރިން މިސްކިތަށް އަރާނެއެވެ. އެހެނީ އެމީހަކު އެންމެ ބޮޑަށް ބޭނުންވާނީ އެމީހާ ކުރާ ނަމާދު ވީހައި ފުރިހަމަކުރުމަށެވެ. ނަމާދު ފުރިހަމަކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެންމެ ފުރިހަމަ ކުރުމަކީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ކުރާ ނަމާދުގައި އުނިކަންތައްތަކެއް ހުންނާނެއެވެ.

އިންސާނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ނަމާދުކުރުމުން ހިތްޖެހުން ލިބެން ފެށުމުންނެވެ. ނަމާދުކުރަން ޝައުޤްވެރިވެވުމުންނެވެ. އަހަރެން ނަމާދުކުރާ ހިތް ވަރަށް ވެއެވެ ބުނުމަކުން ނުފުދޭނެއެވެ. އެއީ އަމަލުން ދައްކަން ޖެހޭ ކަމެކެވެ.

އެކަންތައްތައް ފޫބެދިގެންދަނީ ކުރާ ސުންނަތް ނަމާދުތަކުންނެވެ. ވީމާ ރަވާތިބު ސުންނަތްތައް ކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެއެވެ. ރަވާތިބު ސުންނަތްތައް ފުރިހަމައަށް ކުރެވޭނީ ބަނގި ގޮވުމުގެ ކުރިން މިސްކިތުގައި ހުރެގެންނެވެ. ނޫންނަމަ ޖެހޭނީ ތެޅިފޮޅި އަވަސް އަރުވާލައިގެން ކުރާށެވެ! އެގޮތަށް ކުރާއިރު ނަމާދު ފުރިހަމައަކަށް ނުކުރެވޭނެއެވެ.

ރަވާތިބު ސުންނަތްތައް ފުރިހަމައަށް ކުރަމުން ފަރުޟު ނަމާދުތައް ކުރާ މީހާއަށް ލިބޭ ހިތްހަމަޖެހުން އިޙްޞާޞް ކުރެވޭނީ ހަމައެކަން ތަޖުރިބާ ކުރުމުންނެވެ. ތިމާއަށް މިހުރެވެނީ ﷲ ތައާލާ އާއި އެންމެ ގާތުގައިކަން އެމީހަކަށް އިޙްޞާޞް ކުރެވޭނެއެވެ. އެހިސާބުން އެމީހާގެ ހިތް އޮންނާނީ ފުރިފައެވެ. އެއްވެސް ކަމަކާއި ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ކީއްހެއްޔެވެ؟ އެމީހާގެ ހަޔާތަށް ހެޔޮ ބަދަލުތައް އަންނަމުންދާތަންވެސް އެމީހަކަށް ފެންނަން ފަށާނެއެވެ.

ބަންގިއަށް ބަލައިފިނަމަ އެއީ ނަމާދަށް ދެވޭ ދަޢުވަތެކެވެ. އެދަޢުވަތު ﷲ ތަޢާލާ ވަނީ މާކުރިން ދެއްވަވައިފައެވެ. އެދަޢުވަތުގެ ވަގުތުތައްވެސް ވަނީ މާކުރިން އަންގަވައިފައެވެ. ވީމާ ވަގުތު ޖެހޭއިރު ދަޢުވަތަށް ޙާޒިރުވެ ހުރުމަކީ ދައުވަތު ޤަބޫލުކުރުމުގައި އެންމެ ކުރިއަރައިދިއުމެވެ. ވިސްނައިލަންވީ ﷲ ތަޢާލާ ދެއްވަވާ ދަޢުވަތު ޤަބޫލުކުރުމުގައި ކުރިއަރައިދިއުމުން އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މިންވަރަށެވެ! އެކަންކަމަށް ވިސްނައިލުމުން އެ ބޮޑު ފައިދާ ލިބިގަތުމަށް ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް