އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޝަހީމް ޗާންސެލަރކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފި

ޑރ. ޝަހީމް ޗާންސެލަރކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިސްތިޢުފާ ދެއްވައިފިއެވެ. ޑރ. ޝަހީމް މަޤާމުން އިސްތިއުފާ ދެއްވީ އެ މަޤާމަށް އެމަނިކުފާނު ޢައްޔަނުކުރެއްވީ ރައީސް ޔާމީނު ކަމަށްވެފައި ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު އަންނަ ހޯމަ ދުވަހު ހަމަވާތީއެވެ.

 

ޑރ. ޝަހީމް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެ ޔުނިވަރސިޓީ ބައިނަލް އަޤްވާމީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގައި ބޮޑެތި ކުރިއެރުންތައް ހޯއްދަވައި ދުނިޔޭގެ ބޮޑެތި ޔުނިވަރސީޓީތައް ބަލައިގަންނަ ތަނަކަށް ހައްދަވައިފައެވެ. އަދި އުފަންވެ 3 އަހަރުވީ ނަމަވެސް 20 އަހަރުވެފައިވާ ޤައުމީ ޔުނިވަރސިޓީގައި ނެތް ގިނަ ކަންތައްތަކެއް އިސްލާމީ ޔުނިވަރސިޓީގައި ތަޢާރަފްކުރައްވައި ބޮޑެތި ކުރިއެރުންތައް ހޯއްދަވައި ދެއްވައިފައެވެ.

 

ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގަ އާއި އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެން ވެސް ފާހަގަކުރަންޖެހޭ ފަދަ ކުރިއެރުންތައް ހޯއްދަވައި ދެއްވައިފައެވެ. ޒަކާތު ފަންޑާއި މިސްކިތު ފަންޑު ކާމިޔާބު ކަމާއިއެކު މެނޭޖް ކުރައްވައި ޜާއްޖޭގެ ފަހުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރި ވަޤްފް ބިނާ ބިނާ ކުރައްވައި މިސްކިތު ފަންޑަށް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ މަގު ވެސް ފަހިކޮށްދެއްވައިފައެވެ.

 

ޑރ. ޝަހީމް އަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ދުނިޔޭގެ ނުފޫޒުގަދަ 500 ދީނީ އިލްމުވެރިންގެ ތެރެއިންވެސް ޑރ. ޝަހީމް ޖާގަ ހޯއްދަވާފައިވުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް