އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނުގެ ކެންޕޭނުގެ އެންމެ ކުރީގަ އުޅުނު މިފްކޯ އާ މޯލްޑިވް ގޭސް ގަ ފައިސާގެ ބޮޑެތި ޖަރީމާތަކެއް!

ރައީސް ޔާމީނުގެ ކެންޕޭނުގެ އެންމެ ކުރީގަ އުޅުނު މިފްކޯ އާ މޯލްޑިވް ގޭސް ގަ ފައިސާގެ ބޮޑެތި ޖަރީމާތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

ރައީސް ޔާމީނުގެ ރިޔާސީ ކެންޕޭނުގެ އެންމެ ކުރީގަ އުޅުނު ކުންފުނިތަކުގެ ތެރޭގައި މިފްކޯ އާއި މޯލްޑިވް ގޭސް އިން ފައިސާގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ޓްރާންސިޝަނަލް ކޮމިޓީން ބުނެފިއެވެ.

 

މިފްކޯ އިން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ހުޅުމީދޫ ގައި އަޅާ މަސްކާރުޚާނާއަށް ބޭނުންވާ 50 މިލިއަން ރުފިޔާގެ ތަކެތި ނުލިބެނީސް ލިބުނު ކަމަށް އެލްސީ ޑޮކިޔުމަންޓްގައި ސިއިކޮށް އެ ފައިސާ ސަޕްލަޔަރަށް ލިބޭނެ ގޮތް ހަދާފައިވުމެވެ.

 

އެހެންކަމުން މިފައިސާއިން ކުޑަމިންވަރެއް ސަޕްލަޔަރަށް ދިނުމަށްފަހު "ޚާއްޞަ" ޚަރަދުކުރަން މިފްކޯއަށް ނުނަގާކަން އެއީ އިތުރަށް އޮޑިޓޫކޮށްގެން ހޯދަން ޖެހޭނެ ކަމެކެވެ. ހަމައެޢާއިއެކު މިފްކޯއިން ލިބުނު ކަމަށް ސޮއިކުރި ނަމަވެސް އެކްސްޕޯޓް ނުކުރާ މުދަލެއް އެކްސްޕޯޓް ކުރި ކަމަށް ވަގު ލިޔުން ހަދައި އަގު ނެގުމަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ބެލެވޭނެ މާލީ ޖަރީމާއެކެވެ.

 

މޯލްޑިވް ގޭސް އިން ހިންގާފައިވާ މާލީ ޖަރީމާ ތަކުގެ ތެރޭގައި ބާޖެއް ގަންނަން ފައިސާ ދީ ބާޖު އަދިވެސް ނުލިބި ވުން ފަދަ މައްސަލަތައް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

 

 

އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ މައުލޫމާތު ހޯދޭނެ ގޮތެއް ހަމަ ނުޖެހުނު ކަމަށާއި މި މައުލޫމާތު ތަކަކީ އެކި ގޮތްގޮތުން ކަށަވަރު ކުރެވިފައިވާ މައުލޫމާތު ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް