އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު-: 3 ދައުރުގަ އިސްލާމިކް މިނިސްޓަރުކަން ކުރައްވާ ވަޒީރުގެ ބައެއް ތަޞައްވުރުތައް ޢާންމުކުރައްވައިފި

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު-: 3 ދައުރުގަ އިސްލާމިކް މިނިސްޓަރުކަން ކުރައްވާ ވަޒީރުގެ ބައެއް ތަޞައްވުރުތައް ޢާންމުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

މިމަހުގެ 17 ވަނަ ދުވަހު ފެށުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރެއްގެ ގޮތުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޚިދުމަތް ކުރައްވަން ފެށްޓެވުމުން އެމަނިކުފާނު ވެވަޑައިގަންނަވާނީ 3 ދައުރުގައި ވަޒީރުކަން ކުރައްވާ ވަޒީރަކަށެވެ.

ޑރ. ޝަހީމް ވަނީ 2008 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީ އުފައްދައި ހިންގަން ފެށިއިރު އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އެއިގެފަހުން ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައާއި ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުވަނީ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފައެވެ. 

ޑރ. ޝަހީމްގެ ދައުރެއް ނެތި ދިއައީ ނިމިދިއަ އެމްޑީޕީގެ ސަރުކާރުގައެވެ. ނިމިދިއަ 5 އަހަރަކީ އިސްލާމިކް މިނިސްޓްރީ މިހައިތަނަށް ދެކެފައިވާ އެންމެ ކަޅު އަނދިރި ފަސްއަހަރެވެ. އެ ފަސް އަހަރު އިސްލާމިކް މިނސްޓްރީގެ ކަންކަން ފެނިފައިވަނީ ގަދަ ކަނޑުގައި ހުންގާނެއް ނެތި ދުއްވާ އަދި ފެތިފެތި އޮތް ބޮއްކުރައެއްގެ ގޮތުގައިކަން ގިނަބައަކު ފާހަގަކުރެއެވެ. 

އިސްލާމިކް މިނިސްޓްރީ ހިންގެވުމާއި 3 ވަނަ ފަހަރަށް ވަޒިރުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ ހިންގެވުމާއި ޙަވާލުވެވަޑައިގަތުމަށްފަހު ޑރ. ޝަހީމް މިހާރުވެސްވަނީ އެމަނިކުފާނުގެ ބައެއް ތަޞައްވުރުތައް ފާހަގަކުރައްވައިފައެވެ. 

"ޙައްޖު ފަންޑް ތަރއްޤީކުރަން އެހީތެރިވުން، އަޢްޤާފްތައް އިތުރުކޮށް މިސްކިތު ފަންޑު ތަރައްޤީކުރުން، ޒަމާނީ ޓެކްނޮލޮޖީގެ ޢަލީގައި ޒުވާން ޖީލަށް އިސްލާމީ ތަރުބިއްޔަތުދިނުން، ހިދާޔަތުގެ އަލި ނެރުން، އިސްލާމީ މަރުކަޒުތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ލިއްބައިދިނުން، ޒަކާތު ފަންޑު ތަރައްޤީކުރުން، ޤުރްއާނާއިބެހޭ މަރުކަޒް ތަރައްޤީކުރުން، އިސްލާމިކް ސްޓޫޑިއޯ ތަރައްޤީކުރުން  (މިނިސްޓްރީގެ ސްޓޫޑިއޯ ޓީވީ ޗެނެލަކަށް ބަދަލުކުރުން)، ފަތުވާ ކައުންސިލް ތަރައްޤީކުރުން،" ފަދަ މަސައްކަތްޕުޅުތައް ކުރައްވާނެކަން ޑރ. ޝަހީމް ވަނީ ހާމަކުރައްވައިފައެވެ. 

މިކަންކަމުގެ ތެރޭގައި ހިމެނޭ ގިނަ ކަންކަމަކީ މީގެކުރިންވެސް ވަރަށް ރަނގަޅު ނަތީޖާ ނެރުއްވައި ރައްޔިތުންނަށް ދައްކަވައި ދެއްވާފައިވާ ކަންކަމެވެ. 

މިއަދުނޫހުން އެދެނީ އަލްއަޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ފުރިހަމަ ކާމިޔާބީއަށެވެ. އާމީން  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް