އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގަ ދެވޭނެ ގޮތް ހަމަޖައްސަނީ-

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީގަ ދެވޭނެ ގޮތް ހަމަޖައްސަނީ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފުރަން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށްދާ ފަސިންޖަރުންނަށް ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލާއި ހަމައަށް ދެވޭނެ ގޮތް މާދަމާއިން ފެށިގެން ހަމަޖައްސަން ނިންމައިފިއެވެ. 

އެމްއޭސީއެލް އިން ބުނީ އެތެރޭގެ އުދުހުންތަކުގައި ފުރަންދާ ފަސިންޖަރުންނަށް މިކަމުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. "މިގޮތަށް ހަމަޖެއްސި ނަމަވެސް އަންނަ ފަސިންޖަރުންނަށް ޓެކްސީ ނަގަންޖެހޭނީ (ޓެކްސީއަށް އަރަންޖެހޭނީ) މިހާރެކޭވެސް އެއްފަދައިން ޓެކްސީ ކިޔޫއިން." 

މިޚިދުމަތް ދޭން ފަށާނީ އެކަމަށްޓަކައި މާދަމާ ހެނދުނު ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިހާރު ފަސިންޖަރުންނަށް ޖެހެނީ އިންޓަރނޭޝަނަލް އެއާޕޯޓް ގެ ޓާމިނަލް ކައިރިއަށް ފައިބައިގެން ލަގޭޖް ޓްރޯލީއަކަށް އަރުވައިގެން ހިނގާފައި ޑޮމެސްޓިކް ޓާމިނަލަށްދާށެވެ. ވީމާ މިބަދަލާއިއެކު ފުރަންދާ ފަސިންޖަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު