އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައިސްޕީޑް އިންޓަނެޓުގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތްވެސް ގައްދޫ އަށް

ހައިސްޕީޑް އިންޓަނެޓުގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތްވެސް ގައްދޫ އަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ހިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން، ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ގދ. ގައްދޫގައި މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

 

ގދ. ގައްދޫގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް އެހިދުމަތް ފުރިހަމައަށް މިހާރު ލިބެމުންދާނެ ކަމަށާއި ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ގެ ހިދިމަތް ކަމުގައިވާ ދިރާގު ޓީވީގެ ހިދުމަތް ވެސް ގައްދޫ އަށް މިހާރު ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

 

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖެގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް، 100 އެމްބީޕީއެސް އަދި ބޮޑު އެލަވަން ކަމުގައިދާ 1 ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތް ކަމަށް ދިރާގުން ބުނެފައިވެއެވެ.

 

މުޅި ރާއްޖެއަށް ދިރާގުގެ ފައިބާ ހިދުމަތް ފުޅާކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން "ފައިބާ ޓު ދަ ހޯމް" ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 40 ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ.

 

މީގެއިތުުރުން ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެޕްރޮމޯޝަންގައި ގެއަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުުރުން ތިން މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓު ޑިސްކައުންޓެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ މިހިނގާ ނޮވެމްބަރ މަހުގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ