އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީބީސީން ހާމަކުރި "ޤިޔާމަތްވުމުގެ ވަގުތު ދާދި ގާތްވެއްޖެ- ކޮންމެ މީހަކީވެސް ޒިންމާ އުފުލަން ޖެހޭނެ މީހެއް" ކަމަށް ބުނި ބަހުގެ ވާހަކަ- ވައްހާޖްތަރިން

ބީބީސީން ހާމަކުރި "ޤިޔާމަތްވުމުގެ ވަގުތު ދާދި ގާތްވެއްޖެ- ކޮންމެ މީހަކީވެސް ޒިންމާ އުފުލަން ޖެހޭނެ މީހެއް" ކަމަށް ބުނި ބަހުގެ ވާހަކަ- ވައްހާޖްތަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

"އެއީ އިރާޤް ހަނގުރާމަ ފެށުމުގެ ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއް ކުރިއެވެ. އެމެރިކާގެ ރެސްޓޯރަންޓެއްގައި ދިރޭ މަހެއް މަރާލަން އުޅުމުން އެ މަސް ވާހަކަތަކެއް ބުނަން ފެށިއެވެ. އެކަން ނުއެނގި އެމީހާ މަހުގައި ތަޅައި މަސައްކަތް ކުރީ މަސް މަރައިލުމަށެވެ.

 

އެވަގުތު އެތަނުގައި ހުރި ހިބްރޫ ބަސް އެނގޭ ޔަހޫދީއަކު ބުންޏެއްވެ. އެމަސް އެބުނާ އެއްޗެއް އަހަރެންނަށް އެނގެއެވެ. އެމަސް އެބުނަނީ ޤިޔާމަތްވުމުގެ ވަގުތު ދާދި ގާތްވެއްޖެއެވެ. ކޮންމެ މީހަކީވެސް އެމީހާ ކުރި އަމަލުތަކުގެ ޒިންމާ އުފުލަން ޖެހޭނެ މީހެކެވެ.

 

ކަލޭމެން ބީބީސީގެ ލައިބްރަރީ ހާވައި ބަލައި ހޯދާށެވެ. މިވާހަކަތައް ފެންނާނެއެވެ."

 

ރަސޫލް (ޞޢވ) ހަދީޘް ކުރައްވަވާފައިވެއެވެ. "ތިމަން ކަލޭގެފާނު މަޑުން ހުންނަވާނީ ކިހިނަކުންހެއްޔެވެ؟ މަލާއިކަތާ ތާޅަފިލި އުފުއްލަވައި ތުފަތްޕުޅުގައި ޖައްސަވައިފިއެވެ." މަލާއިކަތާ އިންތިޒާރުކުރައްވަމުން އެގެންދަވަނީ ﷲ ތަޢާލާ އެ ތާޅަފިލި ފުމެލައްވަން އަންގަވާނެ ވަގުތަކަށެވެ. ތާޅަފިލީގެ އަޑު އިވިގެންދާނީ ކުއްލިއަކަށެވެ. އެހިސާބުން ހުރިހައި ކަމެއް ނިމިގެން ދިއައީއެވެ.

 

ޤިޔާމަތްވުން ދާދި ގާތްވެއްޖެކަން އެންމެ ބޮޑަށް ޔަޤީންވަނީ މީގެ 1400 އަހަރުކުރިން ބާވައި ލެއްވެވި ކީރިތި ޤްރްއާނުންނެވެ. އަލްޤަމަރު ސޫރަތުގެ ފުރަތަމަ އާޔަތުންނެވެ. "ޤިޔާމަތް ވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ." ކަމުގައި ބަޔާން ކުރައްވަވާފައިވާ ވަޙީ ބަސްފުޅުންނެވެ.

 

މީސްތަކުންނޭވެ. މަރުވާ ހިސާބުން އެމީހަކަށް ޤިޔާމަތްވީއެވެ. ކައްވަޅުގައި އޮންނަން ޖެހޭނީ އެ ކަޅުކަން ގަދަ އަނދިރީގައި އެކަނިމާ އެކަންޏެވެ. އަލިކަމެއް ފޯރުކޮށްދޭނެ، އެހީތެރިކަން ފޯރުކޮށްދޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ވީމާ ކައްވަޅު އަލިކުރަން ބޭނުންނަމަ، ކައްވަޅުގެ ޢަޛާބުން  ސަލާމަތްވުމަށް ބޭނުންނަމަ، އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ އަބަދުވެސް މަރަށް ތައްޔާރުވުންމަތީގައި ދެމިހުންނާށެވެ! 

 

ވައްހާޖް ތަރިންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް