އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޖެޓު ފާސްކުރުމުގެ ކުރިން އަދާލަތު ޕާޓީއަށް އިތުރު 1500 މެންބަރުން ހަމަކުރުމުގެ ކެންޕޭނެއް ފަށައިފި

ބަޖެޓު ފާސްކުރުމުގެ ކުރިން އަދާލަތު ޕާޓީއަށް އިތުރު 1500 މެންބަރުން ހަމަކުރުމުގެ ކެންޕޭނެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން އަދާލަތު ޕާޓީއަށް އިތުރު 1500 މެންބަރުން ހަމަކުރުމުގެ ކެންޕޭނެއް ފަށައިފިއެވެ.

 

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ބަޖެޓް ފާސްކުރުމުގެ ކުރިން 10،000 މެންބަރުން ހަމަނުކުރެވިއްޖެ ނަމަ އަންނަ އަހަރުވެސް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށާއި އެހެންކަމުން ހުރިހާ މެންބަރުން ގުޅިގެން މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

 

ޝައިޚް އިމްރާން ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައި ސަރުކާރުގެ ތެރެއިން ކުރަމުން ގެންދިއަ ވައްކަންތަކާއި އަނިޔާވެރި ކަމާއި ދެކޮޅަށް އަދާލަތު ޕާޓީ އިސްވެ އޮވެ ނުކުތުމުން ޝައިޚް އިމްރާންގެ ސިޔާސީ ހަޔާތް ދުއްވައިލުމަށާއި އަދާލަތު ޕާޓީ ވުޖޫދުން ފޮހެލުމަށް ރައީސް ޔާމީނު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ވަނީ އެ ޕާޓީގެ އެތައް ހާސް މެންބަރުންގެ މެންބަރޝިޕްވެސް ގެއްލުވާލާފައި ކަމަށެވެ.

 

ޝައިޚް އިމްރާން ވިދާޅުވީ ޕާޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ބިރު ދެއްކުން ފަދަ ކަންކަންވެސް ކޮށްފައިވާ ކަމަށެވެ. އެ ދަތި ހާލުގައިވެސް ޕާޓީ ނަގަހައްޓައި މިހިސާބަށް ގެނެސް ދިން ޕާޓީގެ އެންމެހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް