އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދިހަ އަހަރުގެ ކުއްޖަކު މިސްކިތުން އަންނަމުން ގެނައި ތުއްތުކުއްޖާ، ޢާއިލާއަށް ތަނަވަސްކަމާ ދަރިން ލިބުނު ސަބަބަށްވީ ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދިހަ އަހަރުގެ ކުއްޖަކު މިސްކިތުން އަންނަމުން ގެނައި ތުއްތުކުއްޖާ، ޢާއިލާއަށް ތަނަވަސްކަމާ ދަރިން ލިބުނު ސަބަބަށްވީ ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 43 ސިކުންތު

ދަތިޙާލުގައި އުޅެންޖެހިފައިވާ މީހަކަށް އެހީތެރިވެދީ އެޙާލަތުން ސަލާމަތްކޮށްދޭން މަސައްކަތްކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އެއްކަންތަކެވެ. އެހެންކަމުން ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުން ހޯދައިގެންވެސް އެހީތެރިވެދޭން ޢިލްމުވެރިން ބާރުއަޅުއްވައެވެ. 

ތިރީގައިވާ ވާހަކައަކީ ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާ ވާހަކައެވެ. ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވުމާއި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރެވިއްޖެނަމަ އެއީ ކޮންފަދަ ބޮޑު ރަޙްމަތެއްކަން އެނގިގެންދާ ވާހަކައެކެވެ. 

އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ އަޅުގަނޑު ދޫކޮށްލީ ކައިވެންޏަށް 4 ވަނައަހަރުގައެވެ. އެއިރު ދަރިފުޅަށް އަހަރުވެސް ނުވެއެވެ. ފިރިމީހާ ކުށްވެރިކުރާކަށް ނެތީމެވެ. އެއީ ކޮންމެ މީހަކުވެސް މަސައްކަތްކުރާނީ އަރާމާއި ތަނަވަސްކަން ހޯދާށެވެ. އޭނާ އަޅުގަނޑު ދޫކޮށްލީ ތަނަވަސް އަންހެނެއް ލިބުނީމައެވެ. ވީމާ އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ. 

މާގިނަ ދުވަހު އެކަނި އިންނާކަށް ނުޖެހުނެވެ. އެހެން ފިރިހެނަކު ލިބި ކައިވެނިކުރީމެވެ. އެކައިވެންޏަށް 10 އަހަރުވީއިރުވެސް ދަރިއަކު ނުލިބުނެވެ. އެކަން ވެފައި އޮތީ ވަރަށް ބޮޑު މައްސަލައަކަށެވެ. 

ފިރިމީހާއަކީވެސް ތަޤްވާވެރިއެކެވެ. ނަމަވެސް އޭނާއަށް އައީ ނުބައި ޝައްކެއް ކުރެވެމުންނެވެ. އެއީ އަޅުގަނޑުގެ ދަރިއަކު ހުރުމުން އިތުރު ދަރިއަކު ބޭނުންނުވާތީ ނުހޯދަނީ ކަމުގެ ތުހުމަތެވެ. އެތުހުމަތުން ބަރީޢަވާން އަޅުގަނޑު ދިއައީ މަސައްކަތްކުރަމުންނެވެ. އެކަމަށް އެދި ދުޢާކުރަމުންނެވެ. 

އެއީ ހޮނިހިރު ދުވަހެކެވެ. ދަރިފުޅު ޢަޞްރުނަމާދުން ފައިބައިގެން އައިސް ގެއަށްވަނީ ވަރަށް ތުއްތު ކުއްޖަކު އުރާލައިގެންހުރެއެވެ. ބުންޏެވެ. "މަންމާއެވެ! އަޅުގަނޑަށް ކޮއްކޮއަކު ލިބިއްޖެއެވެ. މިކޮއްކޮ އަޅުގަނޑަށް ހޯދައިދެއްވާށެވެ!" 

ކަންކަން އޮޅުންފިލުވިއިރު އެ ކުއްޖާ ގޮވައިގެން ކުއްޖާގެ މަންމަ މިސްކިތްކައިރީ ސަލާންޖަހަން ހުރީއެވެ. އެހެންވެ ދެމައިން ގޮވައިގެން ގެއަށް އައީއެވެ. ހަމަ ބުނާނެ އެއްޗެއްވެސް ނުވިސްނިފައި އެތައް އިރަކު ހުރެވުނެވެ. 

ކުއްޖާގެ މަންމަ ގާތުން ކަންކަން އޮޅުންފިލުވިއިރު ފިރިމީހާ އޭނާވަރިކޮށްލީއެވެ. ގެއިން ނެރެލުމުން ދާނެ ތަނެއް ނެތުމުން ގޮސް މިސްކިތް ކައިރީގައި ހުރީއެވެ. ހެޔޮލަފާ މީހަކު އޭނާއަށް އެހީތެރިވެދާނެ ކަމުގެ އުންމީދުގައެވެ. އޭނާއާއި ސުވާލުކުރި މީސްމީހުންނަށް އޭނާގެ ޙާލަތު ކިޔައިދޭއަޑުއަހަންހުރެފައި ދަރިފުޅު އުރާލަންދީބަލާށޭ ބުނެ ހޯދައިގެން އަޅުގަނޑުގެ ދަރިފުޅު އެކުއްޖާ ގެނައީއެވެ. 

އުފަލުން އަޅުގަނޑަށް ރޮވުނެވެ. އެފަދަ އިންސާނިއްޔަތުކަނހުރި ދަރިއަކު އަޅުގަނޑަށް ދެއްވެވި ކަމަށްޓަކައެވެ. އެއިރު ގޭގައި ގެންގުޅޭ އަންހެންމީހާ ޗުއްޓިގައި އޭނާގެ ޤައުމަށްގޮސްހުރުމުން ކޮޓަރިހުރީ ހުހަށެވެ. އަވަހަށް އެކޮޓަރީގައި ދެމައިން ބެއިތިއްބީމެވެ. އަދި އުޚުތެއްފަދައިން އެހީތެރިވެ ދަރިއަކުފަދައިން އެކުއްޖާފުޅު ގެންގުޅެން ފެށީމެވެ. 

ފިރިމީހާ ގެއަށް އައީ ރޭގަނޑުއެވެ. ފިރިމީހާއަކީ އަބަދުވެސް ކަންކަމުގައި ހިސާބުޖަހާ މީހެކެވެ. ހިސާބުޖަހާފައި ބުނީ ބިދޭސީ މީހާއަށް މަހަކު 300 ޑޮލަރު މުސާރަދީފައި ވިސާދައްކައި ބޮޑުއަގުގައި ބޭސްކުރީމާ މަހަކު 6000 ރުފިޔާވަރު ޚަރަދުވާކަމަށާއި ދަތިޙާލުގައިތިބި ދެމައިންނަށް އެހީތެރިވީމާ އެފައިސާ މާހެޔޮގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ. 

އެއީ ވަރަށް ރަނގަޅު އަންހެނެކެވެ. އެއްވެސް ކަމެއް ކުރަން ބުނާކަށް ނުޖައްސައެވެ. އަމިއްލަގެއެއްގައި ކަންކަންކުރާފަދައިން ކަންކަން ކުރެއެވެ. އެހެންވެ އަހަރެމެންވެސް ކަންކަން ކޮށްދިނީ ހަމަ އުޚުތަކަށް ކަންކަން ކޮށްދޭނެ އުޞޫލުންނެވެ. 

ދެން މިކިޔައިދެނީ އެކަމުގެ ނަތީޖާ ފެނުނު ގޮތެވެ. ފިރިމީހާއަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މީހެކެވެ. މަސައްކަތް ލިބުން ގިނަވިއެވެ. ލިބޭ އާމްދަނީ އިތުރުވިއެވެ. ދެން އޮތީ ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ. އިއްތިފާޤަކުން ނަމަވެސް އޭނާގެ ދަރިފުޅުގެ 3 ވަނަ އުފަންދުވަސްވީ އަޅުގަނޑުގެ 2 ވަނަ ދަރިފުޅުގެ ފުރަތަމަ އުފަންދުވަހަށެވެ. 

އެދުވަސް އައިއިރު އެންމެ ޚާއްޞަ އެއްކަމަކީ އަޅުގަނޑުގެ ފިރިމީހާގެ މަސައްކަތުން އެ އަންހެން މީހާއަށް އަޚްލާޤް ރަނގަޅު ފިރިއަކުވެސް ހޯދާދެވިފައިވާކަމެވެ. ޢާއިލާއެއްގެ ގޮތުގައިވެސް ގެންގުޅުނީ ހަމަ އަޅުގަނޑުމެންގެ ގޭގައެވެ. 

ނިންމާލުމުގެކުރިން އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އެކުއްޖާ އުރައިގެން އަޅުގަނޑުގެ ދަރިފުޅަށް ގެއަށް އަންނަން ކެރުނު ސަބަބެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ކުދިންނާއި ބަހައްޓަންޖެހޭ ގުޅުން ބަހައްޓައި މައިންބަފައިން ތަޤްވާވެރިވުމުގެ މުހިންމުކަން ފާހަގަކުރަމެވެ.

 

--ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް