އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްހަމަޖައްސަން ﷲ ގެ އިންތައް ފަހަނައަޅައި ދިއުމަކީ އެޅޭ އެންމެ ކަތި އެއް ފިޔަވަޅު-

ހިތްހަމަޖައްސަން ﷲ ގެ އިންތައް ފަހަނައަޅައި ދިއުމަކީ އެޅޭ އެންމެ ކަތި އެއް ފިޔަވަޅު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު

ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުން އޮތީ އެހިތުގެ މިލްކުވެރިފަރާތުން އެކަން މިންވަރުކުރެއްވެވުމުން ކަމާއިމެދު ދެބަސްވާނެ މުސްލިމަކު ނުހުންނާނެއެވެ. އަދި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ ގެމަތިން މަތިންހަނދުމަކުރުމުން ކަމަށް ޤަބޫލުނުކުރާ މުސްލިމަކުވެސް ނުހުންނާނެއެވެ. 

އެެހންކަމާއިއެކުގައިވެސް ހިތަށް ހަމަޖެހުން ހޯދުމުގެ ބޭނުމުގައި ﷲ ތަޢާލާގެ އިންތައް ދޫކޮށްލައި ހަށިފޮޅާލައި ހަވާނަފްސް އެދޭގޮތަށް ކަންކަން ކުރެވޭކަން އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. ހަވާނަފްސް އަބަދުވެސް އެދޭނީ އުފާވެރިކަމަށެވެ. ނަމަވެސް ހަވާ ނަފްސް އެދޭ ފަދައިން ހޯދާއުފާވެރިކަން އަބަދުވެސް ވެފައި އޮންނަނީ ކުޑަ ހިނދުކޮޅެއްގެ ހިތްހަމަޖެހުމަށެވެ. ފަހުން ކުރަންޖެހޭ ހިތާމަތައް މާބޮޑުވާކަން އެއީ ތަޖުރިބާއިން އެނގޭ ކަންކަމެވެ. 

ވަރަށް މުހިންމު އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ކަންކަން ދިމާވުމުން ނަފްސާނީ ޑޮކްޓަރުންގެ ކިބައިން ފަރުވާ ހޯދުމުގައި ސަމާލުވުމެވެ. ލައިގެން ތިބޭ ފޭރާމަށް ނުބަލާށެވެ! ދައްކާވާހަކަތަކަށް ވިސްނާށެވެ. އެއީ ކިތަންމެ މަޝްހޫރު ޑޮކްޓަރެއް ނަމަވެސް އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތް ހަމައެކެއްގެ ކިބައިންވެސް ނަފްސާނީ ފަރުވާ ނުހޯދާށެވެ. މުސްލިމުން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގެ ތެރެއިން ފަރުވާކުރަން ނުއެނގޭ ނުވަތަ ﷲ ތަޢާލާގެ އިންތަކުގެ ބޭރުން ކަންކަން ކުރަން ލަފާދޭ މީހެއްގެ ކިބައިން ފަރުވާ ނުހޯދާށެވެ. އެފަދަ މީހެއްގެ ކިބައިން ފަރުވާ ހޯދައިފިނަމަ ލިބޭނީ އިތުރު އަނިޔާއެވެ. 

ތިރީގައިއެވާ ޙާދިޘާއިން ޢިބްރަތް ޙާޞިލްކުރާށެވެ! 

"އަކްބަރު ޓީވީން ކުއްލި ޚަބަރެއް މިގެނެސްދެނީ ހިތްތާށިވި އަންހެނަކު ދާދި ދެންމެއަކު ކުއްލި ގޮތަކަށް މަރުވި ޚަބަރުލިބުމާއި ގުޅިގެންނެވެ. ޑޮކްޓަރުން ބުނަނީ އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު މަރުނުވާކަމަށާއި މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. 

އޭނާ ބެލި އިސް ޑޮކްޓަރު، ޑޮކްޓަރ ހެންރީ ބުނީ މަރުވީ 37 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވީ ނަފްސާނީ ޑޮކްޓަރުންދިން އިރުޝާދަށް ޢަމަލުކުރުމުން ކަމަށް ޤަބޫލުކުރެވޭ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް މިހާއަވަހަށް އިތުރު ތަފްޞީލްދޭން ވަނީ ދެކޮޅުހަދައިފައެވެ. 

މިކަމާއި ގުޅިގެން ޢާއިލާއިން މައުލޫމާތު ދިން އަންހެނަކު ބުނީ މީގެ ހައަކަ އަހަރުކުރިން އޭނާގެ ފިރިމީހާ ވަނީ ފިލައިގެން ގޮސްފައި ކަމަށެވެ. އަދި 4 ދަރިން ގޮވައިގެން އޭނާ ދިރިއުޅުނީ ވަރަށް ދަތިޙާލުގައި ކަމަށެވެ. 

"އެދުވަސްވަރު ބޯގޮވައި، ނުނިދިގެން ނަފްސާނީ ޑޮކްޓަރުންނަށް ދެއްކީމާ އިތުރަށް ބޯގޮއްވާލީ. ދަރިންކޮޅު އުކާލާފައި ބޭރުގައި އުޅެންފަށައިފި. ގުޅާހާ މީހަކާއެކު ފާޑުފާޑުގެ ޑިނަރތަކަށްދާން ފަށައިފި. ގެއަށް އަންނަނީ ދަންވަރު 3 ޖަހާއިރު، އަރިއަޅަމުން. ހޫރެމުންހޫރެމުން. މީގެ ކުޑަދުވަސްކޮޅެއް ކުރިން ހިތުގެ ޑޮކްޓަރު ބުނެފަ އޮތީ މިހެންވެދާނެކަމަށް. ފުރާނައަށް ނުރައްކާވެދާނެކަމަށް!" 

ހިތުގެ ޑޮކްޓަރު ބުނީ "ހިތްހަމަނުޖެހިގެން ހިތްހަމަޖައްސައި ހިތަށް ފަރުވާދޭން ތިއަކުރާ ކަންކަންކުރީމާ ހިތް އެދަނީ ހަލާކުވަމުން. ހިތް އެދަނީ އެންލާޖްވަމުން. ފުފެމުން. އަހަރެންމީ ނަފްސާނީ ޑޮކްޓަރެއް ނޫން! އެހެންވީމާ ނަފްސާނީ ޑޮކްޓަރުން ބަލިމީހުން ހިތްހަމަޖައްސައިދޭހެން ހިތްހަމަޖައްސައިދޭކަށް މިޑޮކްޓަރަކަށް ނޭނގެ! މިޑޮކްޓަރަށް އެނގޭކަމަކީ ނަފްސާނީ ޑޮކްޓަރު ބުނެގެން ހިތްހަމަޖައްސަން ތިއަކުރާ ކަންކަމުން ހިތް އެދަނީ ހަލާކުވަމުންކަން. ކޮންމެ ވަގުތަކުވެސް ކިތަންމެ ބޮޑު ނުރަކަލެއް ކުރިމަތިވުމުގެ ނުރައްކާ މިހާރުވެސް ވަރަށް ބޮޑުކަން. ބަލައިގަންނާނީ ކޮން ޑޮކްޓަރެއްގެ ވާހަކަކަން ނިންމައިގެން ކުރިއަށްދިއައިމަ ފައިދާކުރާނީ." 

ހޮސްޕިޓަލުން ބުނީ މަސައްކަތްކުރަނީ މިއަދު އޭނާގެ ޕޯސްޓްމޯޓޮމް ހަދަން ކަމަށާއި ރިޕޯޓް ލިބުމުން އަކްބަރު ޓީވީއާ މައުލޫމާތު ހިއްޞާކުރާނެ ކަމަށް! ލިބުނުހާ އަވަހަކަށް ކިޔުންތެރިންނަށް  ގެނެސްދޭނަން. އަކްބަރު ޓީވީގެ ކުއްލި ޚަބަރު އަޑުއެއްސެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ!"  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް