އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާފިރުން، ޖަނަވާރުތައް ފަދައިން އެމީހުންވެސް ބިމުހުރި ވެއްޔަށް ހައްދަވައި ދެއްވެވުމަށް އެދުން-

ކާފިރުން، ޖަނަވާރުތައް ފަދައިން އެމީހުންވެސް ބިމުހުރި ވެއްޔަށް ހައްދަވައި ދެއްވެވުމަށް އެދުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 47 ސިކުންތު

ދެންފަހެ ميزَان ގެންނަވައި ބެހެއްޓެވިދާހުށި. މި ميزَان  ގެ އެއްތިލަފަތް ހުންނަހުށީ نور ންނެވެ. މިތިލަފަތް ހުންނަހުށީ عرشى ގެ ކަނާތް ކިބައިންނެވެ. އަނެއް ތިލަފަތް ހުންނަހުށީ އަނދިރީންނެވެ. މިތިލަފަތް ހުންނަހުށީ عرشى ގެ ވައަތް ކިބައިންނެވެ. 

ދެންފަހެ މާތްރަސްކަލާނގެ خلق ތަކުންގެ މެދުގައި ނިޔާތައް ކަނޑައެޅުއްވުމަށް ތައްޔާރު ކުރެއްވުމާއި އެކު،  އެންމެން سجدة ކުޅައުމަށް ނިދާއެއް އިއްވެވޭހުއްޓެވެ. 

ދެންކާފަރުންނޫން އެހެންއެންމެން سجدة އަށް ތިރިވެދާހުށި. ކާފަރުންދަންނައެ. އެއުރެންނަކަށް އެކަމަކަށް ކުޅަދާނައެއް ނުވާހުއްޓެވެ. އެއުރެންގެ ބުރަކަށި ހުންނަހުށީ ދަގަނޑު ފަތްގަނޑެއްހެން ވެފައެވެ. މިއީ މާތްރަސްކަލާނގެ وحى ކުރެއްވި މި آية ގައި އެއޮތްފަދައިންނެވެ. يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ އަދި بُخَارى ގައި ރިވާވެގެންވެޔޭ. اَنَّ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ  قَالَ يَكْشِفُ عَنْ سَاقِهِ يَوْمَ الْقِيَامَةِ فَيَسْجُدُ كُلُّ مُؤْمِنٍ وَمُؤْمِنَةٍ މި آية އާއި حَدِيث ގޮތްގޮތަށް تَأْوِيْلُ ކޮށް تَفْسِيْرُ ކުރާކަށް އަހުރެން މިފޮތެއްގައި قصد އެއް ނުކުރަމެވެ. ހަމައެފަދައިން އެ ميزان ގެ ސިފަތަކާއި އެ مِيْزَان ން މީސްތަކުންގެ عَمَل ތައް ކިރުއްވޭ ގޮތްތަކެއްވެސް ބަޔާންކޮށް ސިފަކުރާކަށް ބޭނުމެއްނުކުރަމެވެ. ކޮންމެއަކަސް އެ ميزان އެއްގެ ވާހަކަ އާއި މީސްތަކުންގެ عَمَل ތައް އެއިން ކިރުއްވާނޭ ވާހަކައީ ކީރިތި قرآن ގައި ކަނޑައެޅިގެންވާ ވާހަކަތަކެކެވެ.

މީސްތަކުންކުރާ عمل ތަކަކީ، އަހަރުމެންނަށް އެނގޭގޮތަކަށް ލުއިބުރަދަނެއް ހުންނަ އެއްޗެއްނޫނެވެ. އެކަމަކު އޭގައި ލުއިބުރަދަން ލެއްވުމަކީ ކަލާނގެ ކިބައަކަށް مُمْكِن ނޫންކަމެއްނޫނެވެ. އެހެން ވީއިރު މިހިރީ مَلَكُوتِيَّ عَالَم ގެ ކަންތަކެވެ. ميزان އަކީވެސް مَلَكُوتِيَّ އެއްޗެކެވެ. 

ފަހެ މީސްތަކުން އެ سجدة ގައި ތިއްބާ މާތްރަސްކަލާނގެ މިފަދައިން ނިދާ އިއްވަވާހުއްޓެވެ. މިނިދާ ދުރުގައިތިބޭމީހުންނެކޭ ކައިރީގައިވާ މީހުންނެކޭ އަހާހުށީ ހަމައެއްގޮތަކަށެވެ. أنَا الملِكُ أنَا الدَّيَّانُ حَكَاهُ الْبُخَارِى لاَيُجَاوِزُنِي ظُلْمُ ظَالِمٍ فَإِن جَاوَزَنِى فَأَنَا الظَّالِمُ މިބަސްފުޅުގެ معنى އީ އަހުރެންނީ خلق ތަކުންގެ عمل ތަކާއި މެދުގައި حساب ބައްލަވައި عدل އަށް ޖަޒާދެއްވާނޭ ކަލަކީމެވެ. އަދި بًخَارى ރިވާކުރެއްވި ގޮތުގައިވެޔޭ. އަހުރެން ފަހައަޅައި އަނިޔާވެރިއެއްގެ އަނިޔާ ނުދާހުއްޓެވެ. އެއިންކަމެއް އަހުރެން ފަހަނަޅައި ހިގާއްޖެނަމަ އަހުރެންނީ އަނިޔާވެރިއަކީމެވެ. 

ދެންފަހެ ފުރިހަމަޔަށް ސޫފާސޫފިތަކާއި ވަލުޖަނަވާރުތަކާއި ދޫނިސޫފާސޫފިތައް ދެމެދުގައި عَدْل އަށް ނިޔާކުރައްވާ ހުއްޓެވެ. ދަޅުހުރި ތަކެތީގެ ކިބައިން ދަޅުނެތް ތަކެއްޗަށްވެސް قصاص ހިއްޕަވާހުއްޓެވެ. ދެން އެއުރެނަށް وحى ކުރައްވާހުއްޓެވެ. އިބުރެމެން ވެއްޔަށްވާށެވެ. ދެން އެތަކެތި ލަހެއްފަހެއްނެތި ބިމުހުރިވެއްޔަށް ވެދާހުއްޓެވެ. 

އެވަގުތުގައި ކާފަރުންބުނާހުއްޓެވެ. އަހުރެމެންވެސް އެފަދައިން ވެއްޔަށްވާނޭނަމަ ކޮންފަދަ ރަގަޅުހެއްޔެވެ. މިއީ މިލިޔާ އާޔަތުގައިވާ ފަދައިންނެވެ. يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا . މި آية ގެ مَعْنى އީ، އިންސާނާ ތިމާކޮށްފައިވާހައި عمل ތައް ދެކޭނޭ ދުވަހުން ކާފަރުންގެމީހުން އަހުރެމެން ބިމުހުރިވެއްޔަށްވާނޭނަމަ ކޮންފަދަ ރަނގަޅުހޭ ބުނާ ހުއްޓެވެ. 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް