އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރޯޑްކޮމްއަށް ނުޒުހާ އައްޔަން ކުރުމަށް މަޖިލިހުން ފާސްކޮށްފި

ބްރޯޑްކޮމްއަށް ނުޒުހާ އައްޔަން ކުރުމަށް މަޖިލިހުން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުގެ މަގާމު ހުސްވެފައި ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު 8 ގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ.

އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ތިން ނަމެއް ފޮނުވާފައިވެއެވެ. އެއީ:

  • އައިމިނަތު ނުޒުހރިވޯޑް، ހއ. ހޯރަފުށި
  • ހުސެއިން އަމްރުވ. ރޯޝަން
  • މަރިޔަމް ނަރީމާން ޝަރީފްމުޝްތަރީގެ، ގދ. ތިނަދޫ

ބްރޯޑްކޮމްގެ މެންބަރު ކަމަށް ނުޒުހާ އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 34 މެންބަރުންގެ އިއްތިފާގުންނެވެ. . އޭނާގެ ނަން ފާސްވުމާ ގުޅިގެން އިތުރު ބޭފުޅެއްގެ ނަން ފާސްކުރަން ވޯޓަށް އަހާފައެއް ނުވެއެވެ. ނުޒުހާއަށް ރުހުން ދޭން ނެގި ވޯޓުގައި ބައިވެރިވީ ހަމައެކަނި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންނެވެ. ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސަކީ މުހައްމަދު ފަޒީން އެވެ. ދެން އެ ކޮމިޝަންގައި ތިއްބަވަނީ އަލީ ޔޫސުފާއި އާމިނަތު އަމީނާއި ޝިފްލާ އިބްރާހިމް އަދި ސޮފާ ޝަފީގެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު