އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށް ތައްޔާރުވެފައިވަނިކޮށް ވާން އުޅުނު ފިރިމީހާ މަރުވުމުން "އަނބިމީހާ" ބޭނުންވަނީ ކައިވެނީގެ ހެދުމުގައި އޭނާޢަށް ފެންނަން!

ކައިވެންޏަށް ތައްޔާރުވެފައިވަނިކޮށް ވާން އުޅުނު ފިރިމީހާ މަރުވުމުން "އަނބިމީހާ" ބޭނުންވަނީ ކައިވެނީގެ ހެދުމުގައި އޭނާޢަށް ފެންނަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ކައިވެންޏަށް ތައްޔާރުވެފައިވަނިކޮށް ވާން އުޅުނު ފިރިމީހާ މަރުވުމުން ވެސް ކައިވެނީގެ ހެދުމުގައި އޭނާއަށް ފެންނަން ބޭނުންވާ ކަމަށް ބުނެ ކައިވެނީގެ ހެދުމުގައި ފޮޓޯ ނަގައި "ރަސްމިއްޔާތު" ފާހަގަކޮށްފިއެވެ.

އިންޑޮނޭސިއާގެ އަންހެނެއް ކަމަށްވާ އިންތަން ސަޔާރީ ބުނީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ދެ މީހުންގެ ކައިވެނި ކުރަން ހަމަ ޖެހިފައި އޮތް ދުވަސް ކަމަށާއި ނަމަވެސް މިދިއަ އޮކްޓޯބަރު މަހު ވެއްޓުނު ލަޔަން އެއާ ފްލައިޓް ވެއްޓުނު ހާދިސާގައި އޭނާގެ ވާން އުޅުނު ފިރިމީހާ ވަނީ މަރުވެފައި ކަމަށެވެ.

"ކައިވެނީގެ ހެދުންވެސް ވަނީ ދެމީހުން އެކުގައި ގޮސް ގަނެފަ. އެހެންވީމާ އަހަރެން ބޭނުންވީ އެހެދުންލާން. އެހެންވެ އެހެދުން ލައިގެން ފޮޓޯ މިނެގީ. އަހަރެމެން ބައްދަލުވުމުގެ އުންމީދުގައި އަބަދުވެސް ހުންނާނީ.

އަދި ހަމަ މިހެދުމުގައި އޭނާއަށް ފެނުމަށްވެސް އުންމީދުކުރާނަން. ދެމީހުންގެ މަސްގަނޑު ދެތަންވި ނަމަވެސް މިއީ ދުވަހަކުވެސް ވަކިވާނެ ދެމީހުންނެއް ނޫން. އިރާދަ ކުރެއްވިއްޔާ އަދި ބައްދަލުވާނެ." ކަމަށް ސަޔާރީ ބުނެފައިވެއެވެ. ސަޔާރީ އޭނާގެ ފޮޓޯތައް އިންސްޓަގްރާމްގައި ހާމަ ޖެހުމުން ބައެއް މީހުން އެކަން ސިފަކުރީ ހެއްވާ، މޮޔަކަމެއްގެ ގޮތުގައެވެ. އަނެއް ބައަކު ބުނެފައިވަނީ ހަޤީޤީ ލޯބީގެ ގުޅުމަކުން ގުޅި ކައިވެންޏަށް ތައްޔާރުވެފައި ވަނިކޮށް މިފަދަ ކަމެއް މެދުވެރިވުމުން ހިތަށް ކުރާނެ އަސަރު ވިސްނޭނީ އެހާލަތު ކުރިމަތިވުމުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް