އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ ބަލިފަސޭހަވާތީ ރުޅިއައި ފިރިއެއްގެ ވާހަކަ-

އަނބިމީހާގެ ބަލިފަސޭހަވާތީ ރުޅިއައި ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 41 ސިކުންތު

ފައިސާއަށް ދަހިވެތި މީހުން އުޅެއެވެ. ފިރިހެނުންވެސް އަދި އަންހެނުންވެސް އުޅެއެވެ. ނުއެނގި ތިބެ އެފަދަ މީހުންނާއި ކައިވެނިވެސް ކުރެވެއެވެ. ކައިވެނީގެ ސަބަބުން ބޮޑެތި ގެއްލުންތައްވެސް ލިބެއެވެ. ތިރީގައިވާ ވާހަކައަކީ މަކަރުވެރިކަމާއި ދަހިވެތިކަން އިންތިހާއަށް ބޮޑު، ހައްދުފަހަނައަޅައިދިއަ ފިރިހެނެއްގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ! 

އަޅުގަނޑަށް ވަރަށް އާދައާ ޚިލާފް ބައްޔެއް ޖެހުނެވެ. އެބަލި ޖެހުމުން ބޮލާއި ބުމައިގެ އިސްތަށިތަށް ފައިބައިގެންދެއެވެ. އަދި އެއީ ޢާންމުގޮތެއްގައި ފަސޭހަކުރެވޭ ބައްޔެއްވެސް ނޫނެވެ. 

އަޅުގަނޑު އެކަމަކަށް ކަންބޮޑެއް ނުވަމެވެ. އަޅުގަނޑު ފަދައިން އިސްތަށި ނެތް އެތައް ބައަކު ދުނިޔޭގައި އުޅޭތީއެވެ. އަދި އިސްތަށި ނެތުމަކީ ދިރިއުޅުމަށްހުރި ހުރަހެއް ކަމަށް ނުވާތީއެވެ. ނަމަވެސް އަޅުގަނޑުގެ އިސްތަށިނެތުމުން ބައެއް މީހުން މަލާމާތްކުރެއެވެ. އެމީހުންނަށް އޅުގަނޑު ބުނަމުން އައީ އިސްތަށި ނެތީމާ އަޅުގަނޑަށް މާރީތި ކަމަށެވެ. 

ކޮންމެއަކަސް މީހުންގެ ފުރައްސާރަކުރުން އިތުރުވީމާ އަޅުގަނޑު ފޭސްބުކް ޕޭޖެއްހަދައި އަޅުގަނޑުގެ ފޮޓޯ އާއި ވީޑިއޯ ހާމަކުރީމެވެ. އަދި ބައްޔާއިމެދު އަޅުގަނޑުގެ ވިސްނުން ހުރިގޮތްވެސް ޖާމަކުރީމެވެ. 

އެކަންވެގެންދިއައީ ގިނަބައެއްގެ ސަމާލުކަން ލިބުނު ކަމަށެވެ. އެންމެފަހުން މީޑިއާތަކުންވެސް އަޅުގަނޑުގެ ހިތްވަރަށް ތަޢްރީފްކުރަންފަށައިފިއެވެ. އިސާހިތަކު އަޅުގަނޑު މަޝްހޫރުވެއްޖެއެވެ. ޝޯތައް ހުށަހަޅައިދޭން ފުރުޞަތުލިބި ތަނަވަސްކަން އިތުރުވެއްޖެއެވެ. 

އެދުވަސްވަރު އަޅުގަނޑުދެކެ ލޯބިވާކަމަށް ބުނެ ފަހަތުން އަޅައިގަތް މީހެއްގެ ވާހަކަތައް ޤަބޫލުކުރެވި އޭނާ އާއި ކައިވެނިވެސް ކުރެވުނެވެ. ދެމީހުން އެކުގައި އުޅެންފެށިތަނާ ޑޮކްޓަރު އަޅުގަނޑަށް ގުޅައި ގެންގޮސްފައި ބުނީ ބަލި ހަށިގަނޑުން ފިލުވައި ނުލެވުނު ނަމަވެސް އިސްތަށި ފަޅާނެ ބޭހެއް ހޯދިއްޖެ ކަމަށެވެ. އަޖުމަ ބަލައިލުން ރަނގަޅުވާނެ ކަމަށެވެ. ޑޮކްޓަރުގެލަފާގެމަތިން ބޭސް ބޭނުންކުރަން ފެށިތަނާ އިސްތަށިފަޅަން ފަށައިފިއެވެ. އެކަންވީ ފިރިމީހާ މާރުޅިއައި ކަމަކަށެވެ. 

ޙަޤީޤަތް އެނގުނުއިރު އޭނާ އަޅުގަނޑާއި ކައިވެނިކުރީ އަޅުގަނޑުގެ ބަލީގެސަބަބުން އަޅުގަނޑު މަޝްހޫރުވެ ގިނަ އަދަދަކަށް ފައިސާ ލިބޭތީއެވެ. އޭނާ ހީކުރީ އިސްތަށި ފެޅުމުން އަޅުގަނޑުގެ މަޝްހޫރުކަން ގެއްލި ފައިސާ ނުލިބޭނެ ކަމަށެވެ. އެހެންވެ އޭނާގެ ހުއްދައަކާއި ނުލައި ބޭސްފަރުވާ ނުކުރެވޭނެ ކަމަށްވެސް ބުންޏެވެ. އެހިސާބުން އޭނާ ގެއިން ބޭރުކޮށްލައި އެކަނިވީމެވެ. 

ދަންނަވަންތޯއެވެ؟ އަޅުގަނޑުގެ ބައްޔަށް ޝިފާ ލިބެން ފަށައި އިސްތަށި އަލުން ފަޅަން ފަށައިފިކަން އަޅުގަނޑު ހާމަކުރުމުން މަޝްހޫރުކަންވީ އިތުރެވެ. ހެޔޮއެދޭ މީހުން ބުނަމުން އައީ އަޅުގަނޑު ކުރި ހިތްވަރު ބޮޑުކަމުން ލެއްވެވި ރަހްމަތެއް ކަމަށެވެ.

އަޅުގަނޑު ޗުއްޓީއެއް ހޭދަކޮށްލަން ވަރަށް ފަޤީރު ސަރަހައްދަކަށް ދިއައީމެވެ. އުޅުނީވެސް ބައު ހެދުންލައި ފަޤީރަކަށް ހެދިގެންނެވެ. ހުރީވެސް ފަޤީރުން ތިބޭ ވަރަށް ދަށްފެންވަރުގެ ހޮޓަލެއްގައެވެ. އެއީ ދަތުރުގެ ތެރެއިން ޙާޞިލްކުރަން ބޭނުން އިތުރު މަޤްޞަދެއްވެސް އޮތުމުންނެވެ. 

ގޮސްހުރުމުގެ ތެރޭގައި ވަރަށް ފަޤީރު ޒުވާނަކާއި ބައްދަލުވެ ކައިވެނިކުރީމެވެ. އެހިސާބުގަނޑު ފަޤީރުކަމުން ގިނަ މީހުން ޓީވީވެސް ނުބަލާތީ އަޅުގަނޑަކީ ކާކުކަން ނުވެސް އެނގެއެވެ. ވީމާ އެޒުވާނާ އަޅުގަނޑާއި ކައިވެނިކުރީ ވަރަށް ފަޤީރު އަންހެނެއްކަމަށް ހީކޮށްގެންނެވެ. 

ޗުއްޓީ ނިންމާފައި އެނބުރި އައީ އޭނާ ގޮވައިގެންނެވެ. އޭނާގެ ހިތަކު ފައިސާއަށް އެއްވެސް ދަހިވެތިކަމެއް ނެތެވެ. އެހެންވެ އުޅެމުން މިދަނީ ހަމަ ވަރަށް އުފަލުގައެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިން އަޅުގަނޑަށް އެނގުނީ ބައެއް ފިރިހެނުން ކައިވެނިކުރަނީ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައިކަމަށާއި އަނބިމީހާ ދެކެ އެއްވެސް ވަރަކަށް ލޯބިވެގެން ނޫންކަމެވެ. އަނބިމީހާއަށް ކޮންމެ ޙާލެއް ޖައްސުވާފައިވެސް ފައިސާ ލިބިއްޖެނަމަ އެމީހުން ތިބޭނީ އުފަލުންކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ ކިތަންމެ އާދައިގެ ވާހަކައެއް ނަމަވެސް މިވާހަކައިން ޢިބްރަތް ޙާޞިލުކުރަން ޖެހޭ ކަމަށެވެ. އަނބިމީހާގެ ބޮލުން އިސްތަށިފަޅައި އެހެން އެހެން އަންހެނުން ފަދަ އަންހެނަކަށްވުމުން އެކަމަށް ރުޅިއަންނާނެކަމަށް ޤަބޫލުކުރަންވެސް ފަސޭހައެއް ނޫނެވެ. ވީމާ މިހިރީ މިއަދު ވިސްނާލުން މުހިންމު ކަންކަމެވެ! 

- ރަޝްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް