އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް! އެމަހަކާ ބައްދަލުވުމުން މުސްލިމުން އެންމެ އުފާކުރާ- މުނާފިޤުން އެންމެ ރުޅިއަންނަ މަސް-

ރަމަޟާން މަސް! އެމަހަކާ ބައްދަލުވުމުން މުސްލިމުން އެންމެ އުފާކުރާ- މުނާފިޤުން އެންމެ ރުޅިއަންނަ މަސް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 20 ސިކުންތު

އެންމެހާ ޙަމްދާ ޘަނާ ޝުކުރު ހުރީ އެއްކައުވަންތަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް. އެކަލާނގެ އަޅުގަނޑުމެން އެންމެން އީމާން ކަންމަތީ މިތަނުގަ ޖަމާކުރެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރުކުރަން. ސީއަޙަތާ ޢާފިޔަތުގާ ލެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރުކުރަން. 

އަދި ކިއެއް، ބަރަކާތްތެރި ރަމަޟާންމަސް މުއުމިނުންނަށް މުސްލިމުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ސަބަބެއްކަމުގައި ލެއްވި މާތް އިލާހަށް ޙަމްދާ ޝުކުރުކުރަން. 

ރަމަޟާންމަހަށް އެންމެހާ ބޭފުޅުންނަށް މަރްޙަބާ! ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި މާތް ދީން، އެކަލާންގެއާ ކުއްތަންވާނެ މާތް މަގު، އެ އިލާހުގެ ޙަޟްރަތަށް ގާތްވެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް އުނގަންނާދެއްވި ދަސްކޮށްދެއްވި މާތް ސާޙިބާ محامد صل الله عليه وسلم އަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. 

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން، ލޮބުވެތި ދަރިވަރުން ކިޔަވާ ކުދިން، އަދި ދިވެހިރާއްޖޭގެ ކަންކޮޅުތަކުން މި ވަޢުދުނަޞޭޙަތް އަޑުއައްސަވަމުން ގެންދާ އެންމެހާ ލޮބުވެތި ޢިއްޒަތްތެރިން. އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

އެއްވެސް ޝައްކެއްނެތް މަރްޙަބާކިޔުން ތަޙްނިޔާކިޔުން އެންމެ ޙައްޤު މައްސަރަކީ ބަރަކާތްތެރި ރަމަޟާންމަސް. ސަބަބަކީ މުއުމިނުން އުފާކުރުން ޙައްޤުވެގެންވާ މައްސަރެއް އެއީ. ދުނިޔޭގެ ކަންކޮޅުތަކުގައި ދުނިޔޭގެ ހަތަރު ބިތުގައި މުސްލިމުން ކޮންމެ ޙާލެއްގައި އުޅެންޖެހުނު ނަމަވެސް މި މާތް މައްސަރަށް އެބައިމީހުން ތައްޔާރުވޭ، މި މައްސަރު އަންނާތީ އުފާކުރޭ. މި މައްސަރުގެ ބަރަކާތާ ޚައިރާތުން އެބައިމީހުންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ ޢަޒުމަށް ޤަސްދުކުރޭ. އަދި އެކަން އަޅުގަނޑުމެންނަށް ދުރާ ގާތުން މިއަދު ފެނޭ. 

ބަރަކާތްތެރި ރަމަޟާންމަހަކީ ލޮބުވެތި އަޚުންނާއި އުޚްތުނޭ ރަނުގެ ފުރުޞަތެއް! މުއުމިނުންނަށް ރަނުގެ ފުރުޞަތެއް! އެހެނީ އަޅުކަމުގެ ހުރިހާ ބާވަތެއް މިމާތް މައްސަރުގަ ޖަމާވެ. ހިތުގެ އިޚްލާސްތެރިކަން، ހަށިގަނޑުގެ ވަރުބަލިކަން، އަދި މުދަލުން ހޭދަކުރުން. 

އިންސާނާ އޭނާގެ ޝަހުވަތުގެ މައްޗަށް ގަދަވެގަތުން. ޖިސްމާނީ އަދި ރޫޙާނީ، މާއްދީ ދުނިޔަވީ އަދި އުޚުރަވީ ހުރިހާ ހެވެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މި މާތް މައްސަރުގަ އަޅުގަނޑުމެންނަށް ޖަމާ ކޮށްދެއްވާ. ބަރަކާތްތެރި ރޯދަމަހުގެ، ރަމަޟާންމަހުގެ، އެ މަހުގަ އެކަލާންގެ ލައްވާފައިވާ ހެވާ ލާބަ، ދެދުނިޔޭގެ މަންފާއަކީ އަޅުގަނޑުމެންނަށް މިހާ ކުޑަ ހިނދުކޮޅެއްގައި ލޮސްޓްކުރެވޭ ވަރަށްވުރެ މާގިނަ މާބޮޑު ފައިދާއެއް. އެހެންވެ މުއުމިނުން މި މާތް މޫސުމަށްޓަކައި އުފާކުރޭ. މުއުމިނުން މި މޫސުން އަންނަންފެށިމަ އެކަމަށް ހިތްހަމަޖެހޭ، އެކަމަށް ތައްޔާރުވޭ. 

ކީއްވެތޯ އެހެން ނުވާންވީ، އަޅުގަނޑުމެންގެ ޙަބީބް ރަޙްމަތުލް ޢާލަމީން މީސްތަކުންނަށް އިންސީންނަށް ޖިންނީންނަށް ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މާﷲ ފިނުއްވި ސާޙިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަރަކާތްތެރި ރަމަޟާންމަސް އަންނާތީވެ އުފާކުރެއްވީ. އަދިކިއެއް، މުއުމިނުންނަށް ތަޙުނިޔާ މުބާރަކުބާދް ދެންނެވި. ޙަދީޘްކުރައްވާފައިވޭ:

(ޙަދީޘް)

" އޭ މީސްތަކުންނޭ. ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއޭ. އެއީ ބަރަކާތްތެރި މައްސަރެކޭ. އެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހަށް އިސްތިޤްބާލްކުރައްވާ އެ އުފާ ފާޅުކުރައްވާ މިންވަރު އަދި ގޮތް ބައްލަވާ. ރަމަޟާންމަހުގެ ހަނދާއެކުގައި ފުރަތަމަ ހަނދާއެކުގަ އެކަލޭގެފާނު ވިދާޅުވޭ "الله اكبر " މީ މުއުމިނުން އުފާފާޅުކުރުމުގެ ގޮތުން ކިޔާ އެންމެމާތް އެންމެމަތިވެރި ކަލިމަ " الله اكبر" 

މަތް ނަބިއްޔާ ޢަލައިހިއް ޞަލާތު ވައްސަލާމް އުފާކުރައްވާ މިންވަރު ބައްލަވާ! އެކަލޭގެފާނު ދުޢާކުރައްވަނީ ފުރަތަމަ ހަނދާއިއެކުގައި. "ހައްދަވާ ބޮޑުކުރައްވާ އިލާހު. މި ހަނދަކީ އަޅުގަނޑުމެންނަށް، މި އުންމަތަށް، މުއުމިނުންނަށް، މުސްލިމުންނަށް އީމާންކަމާ އަމާންކަމުގެ މައްސަރެއްކަމުގަ، އިސްލާމްކަމާ ސަލާމަތުގެ މައްސަރެއްކަމުގަ، އަދި ހެޔޮ ކަންތައްތަކަށް ތަޢުފީޤު ލިބިގެންވާ މައްސަރެއްކަމުގަ ލައްވާންދޭވެ! އޭ ހަނދާއޭ، ތި ހަނދުގެ ވެރި އިލާހު އަޅުގަނޑުމެންގެ އަޅަމެންގެ ވެރިއިލާޙުއީ ﷲ އޭ. އެކަލާންގެއޭ މި ކާއިނާތުގެ ވެރިއިލާޙަކީ. އެކަމަށް އެހެންވީމަ އެކަލޭގެފާނު އުފާކލުރައްވާ. 

ލޮބުވެތި އަޚުން، ލޮބުވެތި އުޚްތުން، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘަ ކުރައްވާފައިވާ އެހެން ޙަދީޘްފުޅެއްގައިވޭ:

(ޙަދީޘް)

" މުއުމިނުންނަށް މުސްލިމުންނަށް ރަމަޟާންމަހަށްވުރެން ވަކިން ހެޔޮ މައްސަރެއް ނާދޭ ( މާނައަކީ: ތިޔަބައިމީހުންނަށް އަންނަ އެނެމެ ހެޔޮ މައްސަރަކީ ރޯދަމަހޭ. ރަމަޟާންމަހޭ" )

(ޙަދީޡަ)

މުސްލިމުންގެ އިދިކޮޅު މުއުމިނުންގެ އިދިކޮޅު މުނާފިޤުން. އެބައިމީހުންނަކަށް ރޯދަމަހަށްވުރެން ވަކިން ނުބައި މައްސަރެއް ނާދޭ. އޭގެ މާނަ އަޅުގަނޑުމެން އެންމެންނަށްވެސް އިނގޭ. މާ ﷲ އާ ކުއްތަންވުމަށްޓަކައި ހުރިހާ މުސްލިމުން އެއްވާމެއްގަ އެއްފޯރިއެއްގަ އުޅޭއިރުގަ މުނާފިޤުން ދެއްކުންތެރިކަމާ އެކުގަ ނަމާދުކޮށް ދެއްކުންތެރިކަމާއެކުގަ ރޯދަހިފާ ނުކައި ތބެންވީމާ އބައި މީހުންނަށް ވަރަށް ތަކްލީފު ބޮޑުވާނެ. ވަރަށް ރުޅިގަދަވާނެ، އެހެންނޫންތޯ. 

ހަމަމިފަދައިން މުއުމިނުން މާތް ﷲ އަށްޓަކައި އެ ޤުރުބާނީ ދިނުން އެބައިމީހުން ޝަރަފެއްކަމުގަ ކަރަމެއްކަމުގަ އެބައިމޫހުން ދެކޭ. ރަމަޟާންމަސް އައީމަ އަޅުގަނޑުމެން އަންނާތީވެ ކީއްވެތޯ މަރްޙަބާ ނުކިޔަންވީ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވަނީ: " ތިމަން ރަސޫލާގެ އުއްމަތަށް، ތިޔަބައި މީހުންނަށް މާތް ﷲ ރަމަޟާންމަހާ ގުޅިގެން 5 ޚާއްސަކަމެއް ދެއްވިއޭ އިސްވެދިޔަ އެއްވެސް އުއްމަތަކަށް ނުދެއްވާ. 

އަދި ނުނިމޭ 

- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް