އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގދ.ވާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި

ގދ.ވާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ގދ. ވާދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

މިކަމާގުޅިގެން މިކަން ހާމަކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާދޫ ކައުންސިލް މެންބަރުން ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާކުރުމުގެ ކުރިން ލާމަރުކަޒީ ގާނޫނުގެ ދަށުން އިންކުއަރީއެއް ހަދާފައިވާ ކަމަށެވެ. އިންކުއަރީ ހެދީ އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުއްދަދެއްވައިގެން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ވާދޫ ކައުންސިލާ ގުޅުންހުރި އިންކުއަރީގައި 27 މައްސަލައެއް އެލްޖީއޭއިން ވަނީ ބަލާފައެވެ. މީގެ ތެރޭގައި މާލިއްޔަތު ގަވާއިދާއި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ބަޖެޓުން ޚަރަދުކުރުމާއި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ފައިސާ ބަލައިގަތުމާއި، ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުމާއި، އިދާރީ މުވައްޒަފުންގެ ހާޒިރީއާ ގުޅުންހުރި މައްސަލައާއި، ކައުންސިލާ ގުޅޭ މައުލޫމާތު ރަސްމީ ޗެނަލުން ބޭރުން ކައުންސިލްގެ ރައީސް ރައްޔިތުންނަށް ލީކު ކުރުމާއި، ކައުންސިލަރުން މާރާމާރީ ހިންގާ މައްސަލަ އަދި ބޭއަދަބީ ބަހުރުވައިން ޒުވާބުކުރުން ފަދަ މައްސަލަތަކުގެ އިތުރުން ކައުންސިލްގެ ރައީސް ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދެއްކުން ފަދަ މައްސަލަތައް ވެސް ހިމެނެއެވެ.

އިންކުއަރީން ފާހަގަކުރެވުނު ކަންކަމުގެ ބަޔާނާ މެދު އެލްޖީއޭ އިން ބުނީ ޖަވާބުދާރީވުމަށްވެސް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއް ވާދޫ ކައުންސިލުގެ މެންބަރުންނަށް ދެވުނު ކަމަށާއި އެ މުއްދަތުގައި އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވާ ކަމަށެވެ.

އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ރިޕޯޓުގައި ލަފާދީފައިވާ ގޮތަށް އަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި ކަމާ ގުޅޭ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށްވެސް އިންކުއަރީ އަށް ބެލުމަށްފަހު އެލްޖީއޭ އިން ބޯޑުން ނިންމާފައިވެ އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު