އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތް މި ނޮވެމްބަރ 22 ގައި ޔޫތް ސިޓީ ބީޗް ވޮލީ ކޯޓުގައި

ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތް މި ނޮވެމްބަރ 22 ގައި ޔޫތް ސިޓީ ބީޗް ވޮލީ ކޯޓުގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތް މި ނޮވެމްބަރ 22 ގައި ޔޫތް ސިޓީ ބީޗް ވޮލީ ކޯޓުގައި ފެށުމަށް ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

 

ވޮލީ ބޯލް އެސޯސިއޭޝަނުން ބުނީ މި މަހުގެ 22 ން އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ބައިގައިވެސް ވާދަކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 19 ވާ ހޯމަދުވަހުގެ 12:00 ކަމަށެވެ.

 

ހުޅުމާލޭ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ އެސޯސިއޭޝަންގެ އޮފީހުންނާއި އެސޯސިއޭޝަންގެ އެފްބީ ޕޭޖުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

 

މި މުބާރާތުގެ ފިރިހެން ބައިގައި އެންމެ ކާމިޔާބު ޕެއާރ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ) ގެ ޕެއާރ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބީޗް ވޮލީބޯޅަ މުބާރާތް މިލްކުކޮށް ރެކޯޑް ހަދާފައެވެ.

 

މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާގެ ޕެއާރ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް