އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ހިތަށް ފާފައެއް ކުރަން އެރުމަކީވެސް ހިތް ޠޯހިރުކުރަން މަސައްކަތްކުރަންޖެހޭނެ ކަމެއް! ރައްކާތެރިވުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު-

ތިބާގެ ހިތަށް ފާފައެއް ކުރަން އެރުމަކީވެސް ހިތް ޠޯހިރުކުރަން މަސައްކަތްކުރަންޖެހޭނެ ކަމެއް! ރައްކާތެރިވުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

މަގުމަތީގައި އުޅޭއިރުވެސް އަދި ކޮންމެ ތަނެއްގައި އުޅުނުނަމަވެސް މީހަކު ދީފާނެ ޙަމަލާއަކަށް އެންމެންވެސް ތިބެނީ ބިރުންނެވެ. އެކަންކަމަށް ގަންނަ ބިރަށްވުރެ ބޮޑަށް ބިރުގަންނަންވީ ޝައިޠޯނާ ދީފާނެ ޙަމަލާއަކަށެވެ.

ޝައިޠޯނާ ދޭ ޙަމަލާތައް ހަށިގަނޑުގެ ބޭރުފުށަކުން ނުފެންނާނެއެވެ! ޝައިޠޯނާ ހަމަލާދޭނީ ތިބާގެ ހިތަށް ކަމުގައިވާތީއެވެ! ދެއްިރު ކިޔަންޖެހޭ ޛިކުރުތައް ކިޔައި ގެއިން ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ކިޔަން ސަމާލުކަންދޭންވީވެސް އެސަބަބަށްޓަކައެވެ. ޝައިޠޯނާގެ ޙަމަލާތަކުން ސަލާމަތްވެ ރައްކައުތެރިކަން ލިބިގަތުމަށެވެ.

އެއްވެސް ފާފައެއް ކުރަން ޝައުޤުވެރިވެވޭނަމަ އެކަމުން އަންގައިދެނީ ތިބާގެ ހިތުގައި ޝައިޠާނާ އަތްގަދަކުރަމުން އަންނަ ކަމެވެ. ހިތުތެރެއިން ޝައިޠާނާ ބޭރުކުރުމުގެ މަސައްކަތް އަވަހަށް ފަށާށެވެ. އެގޮތަށް އެކަން ނުކުރިނަމަ ތިބާ ލައްވައި ޝައިޠާނާ އެފާފަ ކުރުވާނެއެވެ. އެއަށްފަހު އެހެން ފާފަތައްވެސް ކުރުވާނެއެވެ!

އަންހެނަކަށް ހިލޭ ފިރިހެނުންނަށް ދެވޭ ސަމާލުކަން އިތުރުވާނަމަ، އަދި ފިރިހެނަކަށް ހިލޭ އަންހެނުންނަށް ދެވޭ ސަމާލުކަން އިތުރުވާނަމަ ކައިވެނި ކުރުން އަވަސްކުރާށެވެ. ކައިވެނި ކުރެވެން ނެތް ނަމަ އަވަހަށް ހިތް ޠާހިރުކުރާށެވެ. އެހެން ނޫންނަމަ ދެމެދަށް ޝައިޠާނާ ވަދެ ފާހިޟް ޢަމަލުތައް ކުރުވާނެއެވެ.

މަސްތުވާތަކެތި ބޭނުންކުރަން ފެށުންވެސް ހަމަ އެފަދައެވެ. މަސްތުވާތަކެތި ބޭނުންކުރަން ހިތުގައި ޝައުޤުވެރިކަން އުފެދިއްޖެ ނަމަ އެއިގެ މާނައަކީ ޝައިޠާނާ ތިބާގެ ހިތަށް އަތްގަދަކޮށްފިކަމެވެ. އަވަހަށް ހިތުގެ ތެރެއިން ޝައިޠާނާ ނެރެ ބޭރުކޮށްލާށެވެ! ނޫން ނަމަ އެ ނުބައި އަމަލު ތިބާ ލައްވައި ކުރުވާނެއެވެ.

އެކަމަށް އޮތް މަގަކީ އަޅުކަންކުރުން ގިނަކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. އަދި އިސްލާމް ދީނުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް