އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރުން މިރޭ ބާރަޖެހިރުވެސް ނިންމާނުލެވުނު! - މިހާރުވެސް ވަނީ ދިގު ކިޔޫއެއް ހަދާފަ!

ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރުން މިރޭ ބާރަޖެހިރުވެސް ނިންމާނުލެވުނު! - މިހާރުވެސް ވަނީ ދިގު ކިޔޫއެއް ހަދާފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ރައީސް ޔާމީން ގެ ހިޔާ މަޝްރޫއުގެ 7000 ފްލެޓް ގެ ތެރެއިން ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭކަމުގެ ލިއުން ދޫކުރުން މިރޭ ބާރަޖެހިރުވެސް ނިންމާނުލެވުނެވެ.

ފްލެޓް ލިބޭކަމުގެ ލިއުން ހޯދުމަށް ހައުސިން މިނިސްޓްރީ ދޮށުގައި މިހާރުވެސް ވަނީ ގިނަބަޔަކު ޖާމާވެ ދިގު ކިޔުއެއް ހަދާފައެވެ.

 

ހައުސިން މިނިސްޓްރު ޑރ މުގައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިރޭ 12:00 އަށް ލިއުން ދޫކުރުން ނިންމާ ނުލެވިއްޖެނަމަށް ލިއުން ދޫކުރުން ހުއްޓާނުލާ މާދަމާ މެންދުރާއި ހަމައަށް ކުރިއަށް ގެންދާނެކަމަށެވެ.

 

ފްލެޓް ލިބޭނެކަމުގެ ލިއުން ހޯދުމަށް ގިނަބަޔަކު ޖަމާވެ އެ ސަރަހައްދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސްވަނީ ހިނގާފައެވެ.  އަދި އެ ސަރަހައްދުގައި ތިބި ބައެއް މީހުންވަނީ ހިތްހަމަ ނުޖެހިގެން ހައުސިން މިނިސްޓްރީގެ ދޮރެއްގެ ބިއްލޫރިގަނޑެއްވެސް ތަޅާލާފައެވެ.

 

މިއަދު މެންދުރު ފަހުން ފެށިގެން އެސަރަހައްދަށް މީހުން ޖަމާވެފައިވަނީ މިރޭ 12:00 ގެ ކުރިން ލިއުން ދޫކުރާނެކަމަށް ހައުސިން މިނިސްޓަރު ޑރ މުއިއްޒު ވިދާޅުވުމުންނެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު