އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންކޮށް ހުސްލުމުން އެންމެ 2 މިލިއަން ޑޮލަރާއެކު ޙަވާލުވި ފަންޑުގަ މިހާރުވެސް 33 މިލިއަން ޑޮލަރު އެބަހުރި! އަހަރު ނިމޭއިރު ސަތޭކަ މިލިއަނަށް އިތުރުކުރާނަން!: ރައީސް ޑރ. މުޢިއްޒު

ބޭނުންކޮށް ހުސްލުމުން އެންމެ 2 މިލިއަން ޑޮލަރާއެކު ޙަވާލުވި ފަންޑުގަ މިހާރުވެސް 33 މިލިއަން ޑޮލަރު އެބަހުރި! އަހަރު ނިމޭއިރު ސަތޭކަ މިލިއަނަށް އިތުރުކުރާނަން!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު

އެހެންވެ އިޤްތިޞާދު ހަރުދަނާކުރަން ފަށާފަ މަސައްކަތް، އެ މަސައްކަތް ކުރިއަށް ގެންދިއުމުގަ މަޖިލީހުގެ ދައުރު ވަރަށް މުހިއްމު. މުހިއްމު ބިލްތަކެއް އަޅުގަނޑުމެން ހުށަހަޅަން ނިންމާފަ މިހުރީ. އަޅުގަނޑުމެން ހުށަވެސް އެޅިން ބިލެއް. އެންމެ މުހިއްމު އެއް ބިލް އެއީ ބޭރުގެ ދަރަނިތައް ހިމާޔަތް ކުރާ ބިލް". އެއީ ދައްކަންހުރި ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކާ ޤާއިމް ކޮށްފަހުރި ފަންޑު، އެ ފަންޑު މިދިޔަ ސަރުކާރުން އޭގަ ހުރި 30 އެތައް މިލިއަން ޑޮލަރެއް ބޭނުންކޮށް ހުސްކުރީމަ އަޅުގަނޑުމެން އައިސް، އަޅުގަނޑުމެން އައިއިރު އޭގަ ހުރީ 2 މިލިއަން ޑޮލަރު. ދިވެހި ސަރުކާރުގެ ފަރާތުން ބޭރު ޤައުމުތަކަށް ދައްކަން ހުރި ފައިސާ ދައްކަން އުފެއްދި ފަންޑުގެ ވާހަކަ މި ދަންނަވަނީ. އޭގަ ހުރީ 2 މިލިއަން ޑޮލަރޭ. 

އަޅުގަނޑުމެން މެނިފެސްޓޯގަ ވަޢުދުވީ މި ފަންޑު އަޅުގަނޑުމެން ޙިމާޔްތަކޮށް މެނޭޖްކުރަން ޤާނޫނެއް ހަދާނަމޭ. އޭރުން އެއަވެސް ބަޔަކަށް އެ ޤާނޫނުން ބޭރުން އެ ފަންޑަކާ ނުކުޅެވޭނެ، މިދިޔަ 5 އަހަރު ހެދިހެން ނެހެދޭނެ ދެނެއް. އަޅުގަނޑު އިރާދަކުރެއްވީތީ އިޤްތިޞާދުގެ މި އެޖެންޑާގެ ތެރެއިން މިދިޔަ 4 މަސްދުވަހުގެ ތެރޭގަ މި 2 މިލިއަން ޑޮލަރު އެހެރީ މިހާރު 33 މިލިއަން ޑޮލަރަށް އިތުރުކޮށްފަ. 33 މިލިއަން ޑޮލަރު ހުންނާނެ މިހާރު. އަދި އިރާދުކުރެއްވިއްޔާ މިރޭޓުންގޮސް މިއަހަރު ނިމޭއިރު 100 މިލިއަން ޑޮލަރަށް އިރާދުކުރެއްވިއްޔާ އަރުވާނަން. 

މި މަޖްލީހަށް އަޅުގަނޑުމެން ހުށައެޅީ މި ފަންޑާ ބެހޭ ޤާނޫނު ހަދަން. އިހަކައްދުހު ބޭރުކޮށްލީ.

ބޭރުކޮށްލީ، އޮޅުވާލުމާ މަކަރުގެ ތެރެއިން އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން ބޭރުގަ ތިބި ވަގުތެއްގަ އަސާސި އެތާ އޮންނަ ޤަވާއިދުތަކާ ޚިލާފަށް މަޖިލީހުގަ ވޯޓްނަގާ އެބޭފުޅުން ނެތިސް ބޭރުކޮށްލީ. މިހިރީ އަޅުގަނޑުމެން ކުރިމަތީ ހިނަގަމުން ދާ ކަންތައް މަޖިލީހަށް ރައްޔިތުންގެ ޙައްޤުގަ މަސައްކަތް ކުރާނެ މެންބަރުން ހޮވަންޖެހޭ ސަބަބުމީ.  

އެހެންމަ މިފަދަ އެތައް ބިލެއް އިޤްތިޞާދު ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން ހުށައަޅަން ނިންމާފަ މިވަނީ. ގެދޮރުވެރިކަމުގެ ދާއިރާއިންވެސް މިހާރުވެސް ވާނީ މަޖިލީހަށް ދެތިން ބިލު ހުށައަޅާފަ. އެހެން ނަމަވެސް ހަމަ މި މަޖިލިސް އޮވެއްޖެއްޔާ މި ބޭފުޅުން ދެންވެސް ހޮވައިފިއްޔާ ވާނީ މިކަހަލަ ކަންތައްތައް. އެހެންވީމަ ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގަ ރައްޔިތުންނަށް ހެޔޮ ގޮތުގަ ބާރު ސްޕީޑުގަ ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑުމެންނަށް ކަންކަން ގެންދިއުމުގަ މަޖިލީހަށް އަޅުގަނޑުމެންގެ މެންބަރުން ހޮވާދެއްވަން މި ޖެހެނީ. 

އަޅުގަނޑު ޔަޤީންކުރަނީ ގަމު ދާއިރާގެ ރައްޔިތުންވެސް އަދި ދެން އަނެއް 92 ދާއިރާގެ ރައްޔިތުންވެސް މިގޮތުގަ ވިސްނާ ވަޑައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށް. އެ 20 ދުވަހަކީ މި ބުރަ މަސައްކަތް އެންމެން އެއް ޢަޒުމެއްގަ ކުރައްވާނެ 20 ދުވަހަށް ހައްދަވާނެކަމަށް. އަޅުގަނޑުމެންގެ މެންބަރުން ޕީ.ޕީ.އެމް، ޕީ.އެން.ސީ މެންބަރުން އަޅުގަނޑު މި ދެންނެވި ގޮތަށް ދެ މެންބަރުން ތިން މެންބަރުން ކުރިމަތި ލާފަ ހުރި ތަންތަނުން އެއްބައިވެ އަމިއްލަ މަސްލަޙަތު ދޫކޮށްލައްވާ ޤައުމީ މަސްލަޙަތު އިސްކޮށްދެއްވާ އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ ފަހަތަށް ވަޑައިގެން އެކަތިގަނޑަކަށް ވެގެން އެ ދާއިރާތައްވެސް ނަންގަވާ ދެއްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން. މީ އަޅުގަނޑުމެން މިކަމުގަ ރިސްކު ނަގަން ޖެހޭނެ ކަމެއްނޫން.

އާދެ އަޅުގަނޑުގެ ދުޢާ އަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވެވުން. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލު ކުރާ ބަޔަކު ކަމުގައި ލައްވާށި.

އާމީން

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު