އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަވާއަރުވައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެ!

ހަވާއަރުވައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ހަވާއަރުވައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މިކަމާގުޅިގެން ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ "މަގޭ އީދު" ގެ ނަމުގައި ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށާއި ފިތުރު އީދު ދުވަހު ފެންކުޅުމާއި، ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ބޭއްވުމުގެއިތުރުން  ހަވާއަރުވަން ނިންމާފައިވާ ކަމަށެވެ.

އީދުގައި ފެންކުޅުން އޮންނާނި ހެނދުނު 9:30 ގައި ރަސްފަންނުގައި ކަމަށާއި ފެން ކުޅުން އިވެންޓުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ 'ޚާއްސަ އީދު ޓީޝާޓު' ގަންނަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މި ޓީޝާޓު 195 ރުފިޔާއަށް ގަންނަން ލިބޭނެއެވެ.

އޮލިމްޕަސް ކުރިމަތިން ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ހަވީރު 4 ޖަހާއިރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާޢިރު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯވ އެއް ބާއްވާނެއެވެ. އަދި ހަމައެރޭ އާޓިފިޝަލް ބީޗުގައި 10 ޖަހާއިރު، ފަޔަރވޯކްސް (ހަވާއެރުވުން) އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު ޢީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވަހެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް