އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ ބަނޑުހައިވެގެން ތިބުމަކަށް ނޫން! ރޯދައިގެ މަޤްޞަދު މާމަތިވެރި!

ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ ބަނޑުހައިވެގެން ތިބުމަކަށް ނޫން! ރޯދައިގެ މަޤްޞަދު މާމަތިވެރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވަނީ --- " ރޯދަ ތިޔަބައިމީހުންގެ މައްޗަށް ކުރީ އުއްމަތްތަކުގެ މީހުންގެ މައްޗަށް ލިޔެވުނު ފަދައިން ލިޔެވިއްޖެއޭ، ފަރުޟު ކުރެވިއްޖޭ." އޭގެ ސަބަބު ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވަނީ ( އަރަބި) " އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."

އެހެންވީމަ ރޯދަ މަހަކީ ތަޤުވާގެ މައްސަރު. ރޯދަމަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޤުވަވެރިކަން އަޅުގަނޑުމެން އަދާ ކުރަންޖެހޭ މައްސަރު. 

މި ރޯދަމަހުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެދި ވޮޑިއެއް ނުގަންނަވާ އަޅުގަނޑުމެން ބަނޑުހައި ހޫނުކަން އިޙްސާސް ކުރުމެއް. ހަމައެކަނި، ހަމައެކަނި ބަނޑުހައި ހޫނުކަން އިޙްސާސް ކުރުމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިއެއް ނުގަންނަވާ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގަންނަވަނީ މި ރޯދައިގެ ސަބަބުން އަޅުގަނޑުމެންނަށް ތަޤުވާވެރިކަން ޙާޞިލްވުން. އަޅުގަނޑުމެންނަށް ހެޔޮ ކަންތައްތައް ޙާޞިލް ވުން. 

އަދި ރޯދަމަސް ނިމިގެން ދާއިރު އަޅުގަނޑުމެންނަކީ ރަނގަޅު މުސްލިމުންތަކަކަށް ވުން. ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އެންގުންތަކަށް ކިޔަމަންތެރިވާ، ﷲ ސުބުޙާނަހޫ ވަތަޢާލާ ނަޙީ ކުރައްވާފައިވާ ނަޙީތަކުން ދުރުވެފައިވާ ބަޔަކު ކަމުގައި ވުމަށް. އެހެންމަ ރަނަގަޅު މުސްލިމުންތަކަށް ވުމަށް. އަޅުގަނޑުމެން މިހާރު މިތިބި ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް އަޅުގަނޑުމެންގެ ކަންތައްތައް އިޞްލާޙްވެގެން ދިއުން. ރަނގަޅު މުސްލިމަކަށް، ރަނގަޅު އިންސާނަކަށް ބަދަލުވުން. އެއީ މި ރޯދައިގެ މަޤްޞަދަކީ.

ހަމައެކަނި މީ އަހަރު ތެރޭގައި އަންނަ ވަކި މަހެއްގަ އައިއްސަ، އެ މަސް ނިމުނީމަ އެހެންދާ ހަމަ އާދައިގެ މަތިން ދާ މަހެއް ނޫން. މި މަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފަ، މި ރޯދަ މި މަހުގައި ފަރުޟު ކުރައްވާފަވުމުގެ މަޤްޞަދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ (އަރަބި) " އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ. 

މާނައަކީ މި ރޯދަމަސް ނިމޭއިރު އަޅުގަނޑުމެން މިހާރު އަޅުގަނޑުމެންގެ ހާލަތު ހުރި ވަރަށްވުރެ، އެޔަށްވުރެ ހެޔޮ ޙާލަތަކަށް ބަދަލުވާންޖެހޭ. އަޅުގަނޑުމެންގެ ހިތްހެޔޮކަން އިތުރު ވާންޖެހޭ. އަޅުގަނޑުމެންގެ ނަފްޞުތައް އިސްލާހްވެފަ ހުންނަންޖެހޭ. އެއީ ރޯދައިގެ މަޤްޞަދަކީ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް