އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުވާކުރައްވާ ރަސްމިއްޔާތުގައި 46 ޤައުމެއްގެ އިއްޒަތްތެރިން ބައިވެރިވޭ- ފޮރެން މިނިސްޓްރީ

ހުވާކުރައްވާ ރަސްމިއްޔާތުގައި 46 ޤައުމެއްގެ އިއްޒަތްތެރިން ބައިވެރިވޭ- ފޮރެން މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

މިއަދު ހަވީރު އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީލް މަގާމުގެ ހުވާ ކުރެއްވުމަށް، ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި 46 ޤައުމެއްގެ މަތީ ފެންވަރުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައުގަންނަވާނެ ކަމަށް ފޮރެން މިނިސްޓްރީން ބުނެފިއެވެ.

 

އިންތިހާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު 17:00 ގައި ގަލޮޅު ދަނޑުގައެވެ. މިޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޝްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަ ވަނީ އިއްޔެގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައެވެ.

 

މިރަސްމިޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ބައިވެރިވެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

 

އޭގެއިތުރުން ދުބާއީ އާއި ޕާކިސްތާނާއި ޗައިނާ، އަދި ޖަޕާނާއި ތުރުކީގެ އިތުރުން މޮރޮކޯ ފަދަ ޤައުމުތަކުގެ އިސް އޮފިޝަލުން ވެސް އިންތިހާބީ ރައީސް ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

 

މިރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދުބާއީގެ ކްރައުން ޕްރިންސްގެ ދަރިކަލުން ހައްމާދު ބިން މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ސޯދިގު ސަންޖްރަނި ގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސެއިން ބީ ސިއާލް ހިމެނި ވަޑައިގަންނަވައެވެ.

 

ކުރުނބާ އައިލެންޑް ރިސޯޓުގައި މިރޭ މިބޭފުޅުންނަށްޓަކައި ޚާއްސަ ފަރިއްކޮޅެއް ވެސް އިންތިޒާމް ކުރެވިފައިވާ ކަމަށް ފޮރެން މިނިސްޓްރީން މައުލޫމާތު ދެއެވެ.

 

އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރުމުގެ ރަސްމިއްޔާތަށް މީހުން ވައްދަން ފަށަނީ މެންދުރުފަހު 15:00 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ