އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވުނީ ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން: ޣައްޞާން

އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވުނީ ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން: ޣައްޞާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވުނީ ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ފޮނުވާލެވުނުކަން ރަސްމީކޮށް އިއުލާންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގައުމަށް ފޮނުވާލެވިފައިވާކަން ރަސްމީކޮށް ހާމަކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްޞާން ވިދާޅުވީ މަޝްވަރާގެ އުސޫލުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާގެ ހުރިހާ ސިފައިން ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށެވެ.

ޣައްޞާން ވިދާޅުވީ ރާއްޖޭގައި ޤާއިމްވެ ތިބީ އިންޑިއާގެ 76 ސިފައިންކަމަށާއި، އެމީހުން ޤާއިމްވެ ތިބީ 3 މަރުކަޒެއްގައިކަމަށެވެ. އެއީ ހދ. ހަނިމާދޫ، ސ.ގަން އަދި ލ.ކައްދޫގައިކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެތިބިއިރު މިދިޔަ މާރިޗު އެއް ބަޔަކު ވަނީ ފޮނުވާލާފައެވެ. އަދި އޭޕްރިލް މަހުވެސް އިންޑިއާގެ ސިފައިންގެ ބަޔަކު ފޮނުވާލިއިރު، އެންމެފަހު ގްރޫޕް ވަނީ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖެއިން ފައިބާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު