އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތް އިންތިހާއަށް ނުރުހުނު ވަޤުތުވެސް ލޯބިވާކަމަށްބުނެ ވީވަޢުދުތައް ހިފެހެއްޓި ޒުވާނަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

ހިތް އިންތިހާއަށް ނުރުހުނު ވަޤުތުވެސް ލޯބިވާކަމަށްބުނެ ވީވަޢުދުތައް ހިފެހެއްޓި ޒުވާނަކަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

މިއީ ވަރަށް އާދައާ ޚިލާފް ގޮތަކަށް ލޯބިވެރިޔާ އިންތިހާނު ކުރެވުނު ޙާދިސާއެއްގެ ވާހަކައެވެ. އަހުރެން ބުނާނީ މިފަދަ އިމްތިޙާނެއް ކުރިމަތިވުމުން މޫނު އަނބުރައިނުލީ ހަމަ ހާހަކުން މީހަކު ކަމަށެވެ. ވާހަކައިން އެނގިގެންދަނީ މޫނު އަނބުރާނުލައި ލޯބީގައިވީ ވަޢުދު ފުއްދާނަމަ ކޮންމެ މީހަކަށްވެސް މިފަދަ ބޮޑު އުފާވެރިކަމެއް ލިބިގެންދާނެ ކަމަށެވެ. 

ވާހަކަ ވިދާޅުވެލައްވާށެވެ!

އަހަރެންގެ ލޯބިވެރިޔާ ކޮޅުކެހިދީފަ ފިލުމުން ގޮތް ހުސްވެ ވަރަށް ބޮޑު މާޔޫސްކަމެއްގައި ދިރިއުޅުނީމެވެ. އޮފީހުން ނިމިގެން ގެއަށް އަންނަ ގޮތަށް ކޮޓަރިއަކުން ނުނުކުންނަމެވެ. ބިސްކޯދެއް ކާލައިގެން ފުއްދާލަނީއެވެ. 

އަބަދުހެން އުޅެވުނީ ސޯޝަލް މީޑިއާގައެވެ. މިގޮތަށް އުޅުމުގެ ތެރޭގައި އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުން އުފެދުނެވެ. އެއީ ތަނަވަސްކުއްޖެކެވެ. ވަރަށް ގިނައިން އަހަރެންނާއި ވާހަކަ ދައްކައެވެ. ހަދިޔާވެސް ފޮނުވައެވެ. މީރު ތަކެތި އޮޅުން ފިލުންވައިގެން ކާތަކެތިވެސް ފޮނުވައެވެ. ފައިސާވެސް ފޮނުވައެވެ. މަންމަމެންނަށް ބޭސްފަރުވާވެސް ކޮށްދެއެވެ. ނަމަވެސް ދުވަހަކުވެސް އެންމެ ކުޑަމިނުން ފޮޓޯއެއްވެސް ނުދައްކައެވެ. އަބަދުވެސް ބުނަނީ ބައްދަލުވުމުން ނޫނީ ސިފަވެސް ދައްކަން ބޭނުންނުވާކަމަށެވެ. 

އެގޮތުގައި 3 އަހަރު ފާއިތުވުމުން އާދޭސްކޮށްގެން އެޑްރެސް އޮޅުން ފިލުވީމެވެ. އެޑްރެސްގައިވާ ގޮތުން އޭނާ ދިރިއުޅެނީ 300 ވަރަކަށް ކިލޯމީޓަރު ދުރު އަވަށެއްގައެވެ. އަވަސް އަވަހަށް ރޭލް ޓިކެޓެއް ގަނެފައި އެވާހަކަ ބުނުމުންވެސް ފޮޓޯއެއް ނުދެއްކިއެވެ. ބުނީ ރޭލުން ފައިބައިގެން ނުކުންނައިރު ރަތްކުލައިގެ ހެދުމެއްލައިގެން ރަތްކުލައިގެ އަތްދަބަހެއް ހިފައިގެން ރަތްކުލައިގެ ފިނިފެންމަލެއް ހިފައިގެން ބޭރުގައި އިންތިޒާރުގައި ހުންނާނެ ކަމަށެވެ. 

ކޮންމެއަކަސް ރޭލުންފައިބައިގެން ނުކުމެ ބެލިއިރު އެގޮތަށް ހުރީ އުމުރުން 60 އަހަރުގެ އަންހެނެކެވެ. އެހެންވެ އަމަލުކުރާނެ ގޮތަކާއިމެދު ހިތުގައި ސުވާލުތައް އުފެދުނެވެ. ނުވެސް އެނގޭކަމަށް ހަދާފައި އަނެއް ރޭލުން އެނބުރިދާންވެސް ހިތަށް އެރިއެވެ. ނަމަވެސް ވިސްނުން ބަދަލުކުރީމެވެ. "އޭނާ އަހަރެންނަށް ވަރަށް ގިނަ ޚަރަދުކޮށްފިއެވެ. ވީމާ މަކަރު ހަދާކަށް ނުވާނެއެވެ. ބައްދަލުކުރާނީއެވެ. މައްސަލަތައް ފަހުން ޙައްލުކުރާނީއެވެ. އުމުރުން ކިތަންމެ ދުވަސްވީނަމަވެސް އެއީވެސް ހަމަ އަންހެނެކެވެ. މިގޮތަށް ކަންކަން ދިމާވުމުގައިވެސް ޙިކުމަތެއް އޮންނާނެއެވެ. އެންމެ މުހިންމު ކަމަކީ ލޮލަށް ނުފެނި، އުމުރުވެސް ނުބަލާހުރެ ހަމައެކަނި ދެއްކުނު ވާހަކަތަކަށް ބަލައި ލޯބިވާކަމަށްވީ ވައުދުފުއްދުމެވެ. މިއީ ބަހަނާ ދައްކަންވީ ވަގުތެއްނޫނެވެ. އިޚްލާޞްތެރިކަން ދައްކަންވީ ވަގުތެވެ." 

މިފަދަ ވިސްނުމުގައި ހިނިތުންވެގެން ހުރެ މަޑުމަޑުން ހިނގާފައި ގޮސް ކުރިމަތީގައި ހުއްޓިފައި ގޮވައިލީމެވެ. "ލީޝާ! މިއީ މަހްމޫދު!" 

އޭނާ ބޯހޫރާލިއެވެ. ބުނީ އޭނާއަކީ ލީޝާ ނޫން ކަމަށެވެ. ލީޝާގެ ރަޙްމަތްތެރިއެއް ކަމަށެވެ. އެވަގުތު ވަރަށް ރީތި ޒުވާން އަންހެން ކުއްޖަކު އައިސް ހިނިތުންވެ ހުރެ ސަލާމް ކުރިއެވެ. ބައްދަލުކުރަން މިއައި ލޯބިވެރިޔާ، ލީޝާއަކީ އެއީއެވެ. 

ލީޝާގެ ކާރުގައި ގެންދިއައީ އޭނާގެ ގެއަށެވެ. ރޭގަނޑު ކާން ތިބެގެން ލީޝާ ކިޔައިދިނެވެ. "އަހަރެން ކަލޭ އިމްތިޙާންކުރީއެވެ. ފާސްވެއްޖެއެވެ. މުސްކުޅި އަންހެނަކު ފެނުމުން ވިސްނަން ހުރިއިރުވެސް އަހަރެން ހުރީ ބަލަހައްޓައިގެންނެވެ. އެހިސާބުން ފިލިނަމަ ދުވަހަވެސް ވާހަކައެއް ނުދެއްކީމުހެވެ. އިމްތިޙާނުން ފާސްވުމުން ދެން އޮތީ އަވަހަށް ކައިވެނިކުރުމެވެ. ބައްޕަމެންގެ ގެއަށް މާދަމާ ދާނީއެވެ. އެގެއަށް ދިއުމުން ބައްޕަމެން އަހަރެމެންގެ ކައިވެނިކޮށްދޭނެއެވެ. ގައިގަ ބީހި ބޮސްދީ ހަދާނީ ކައިވެނިކުރުމަށްފަހުގައެވެ." 

ކައިނިމިގެން އިރުކޮޅަކު ވާހަކަދައްކަން ތިބެފައި ދެމީހުން ދެކޮޓަރީގައި ނިދީއެވެ. އަނެއް ދުވަހު ހެނދުނު ތެދުވެ ސައިބޮއޮ ހަދައިގެން އެގެއަށް ދިއުމުން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. މެންދުރުވުމުގެ ކުރިން ކައިވެނިކޮށްދީފިއެވެ. ވަލީމާ ބޭއްވީ އެރޭއެވެ. 

އަހަރެމެންގެ ކައިވެންޏަށް މިހާރުވަނީ 15 އަހަރު ފުރިފައެވެ. 3 ދަރިންވެސް ލިބިފައެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަ ހިއްޞާމިކުރީ ހަމަ އެންމެ ބޭނުމަކުއެވެ. ލޯބީގައި ވެވޭ ވައުދު ހިފަހައްޓައިފިނަމަ އެކަމުގެ ފައިދާ ރަނގަޅު ގޮތުގައި ކުރާނެ ކަމަށް ބުނުމަށެވެ. ލޯބިވާކަމަށް ބުނަންވާނީ ބަލަން ބޭނުން ހުރިހާ ކަންކަމަށް ބަލައިފައެވެ. އެބަސް ބުނުމުން އެބަސް ވާނީ ވައުދަކަށެވެ. އޚްލާޞްތެރިންގެ ގޮތަކީ ވައުދު އުވާނުލައި ދެމެހެއްޓުމެވެ. ދުނިޔޭގައި އަބަދުވެސް ކާމިޔާބުލިބޭނީ އިޚްލާޞްތެރިކަމަށެވެ. 

- ޝިބާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް