އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޙަދީޘްފުޅު އޮތްކަން އެނގޭނަމަ އެކުވެރިޔާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ ދެމަފިރިން ދުރެއް ނުކުރުވާނެ!

މިޙަދީޘްފުޅު އޮތްކަން އެނގޭނަމަ އެކުވެރިޔާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ ދެމަފިރިން ދުރެއް ނުކުރުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ލިޔުމުގައިވާ ޙަދީޘްފުޅުގައި އެކުލެވިގެންވާ މާނައީ: ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކާ ރަޙްމަތްތެރިކަން ބާއްވައި އަދި ﷲ ތަޢާލާއަށްޓަކައި އަނެކާގެ ކަންކަން (ޙައްޤުތައް) ދިފާޢުކޮށްދޭ މީހުންގެ މައްޗަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ ކަމެވެ.

ފުރަތަމަ ކަމަކީ ރަހްމަތްތެރިކަން ބާއްވަންވީ ދުނިޔޭގައި އަނެކާގެ ކިބައިން ލިބިދާނެ ފައިދާއަކަށް ނޫންކަމާއި ﷲ ތަޢާލާއަށްޓަކައި ކަމެވެ. ހަމައެއާއިއެކު އަނެކާގެ ޢަބުރުކަތިލެވޭހިނދު، އޭނާ އާއި ދޮގު ވާހަކަތައް ފަތުރާނަމަވެސް އަދި އޭނާގެ ޙައްޤެއް ގެއްލިގެންދާނަމަވެސް އެކަންކަން ދިފާޢުކޮށްދޭން މަސައްކަތްކުރަންޖެހޭނެ ކަމެވެ.

ނަމަވެސް މިއަދު ގިނަވަމުން މިދަނީ ދުނިޔޭގެ ފައިދާއަށްޓަކައި އެކުވެރިކަން ބާއްވާ މީހުންނެވެ. އަނެކާގެ ކިބައިން އެއްވެސް ފައިދާއެއް ނުކުރާނެނަމަ އެކުވެރިކަން ނުބާއްވައި ދުރުހެލިވުމެވެ. ވީމާ އެކަން އިޞްލާޙްކުރަމާ ހެއްޔެވެ؟

ﷲ ތަޢާލާއަށްޓަކައި ރަޙްމަތްތެރިކަން ބާއްވާނަމަ އެއްކަމެއްގެ ގޮތުން އެކުވެރިޔާގެ ޢާއިލާގެ ތެރެއަށް ވަދެގަންނަން މަސައްކަތެއް ނުކުރާނެއެވެ. ނަމަވެސް އެއީވެސް މިއަދު ޢާންމުވެ ފެތުރެމުން އަންނަ އެންމެ ބޮޑު އެއް މައްސަލައެވެ. ހަމަ އެއާއިއެކު އެކުވެރިޔާގެ ނުބައި ވާހަކަތަކެއް ނުދައްކާނެއެވެ. އެހެން މީހުން އެކުވެރިޔާގެ ޢަބުރަށް އަރައިގަންނަން ފުރުޞަތެއްވެސް ނުދޭނެއެވެ. އެއިގެ ބަދަލުގައި އެކުވެރިޔާ ދިފާޢުކޮށް ޙިމާޔަތްކުރާނެއެވެ.

މިފަދަ ޙަދީޘްފުޅުތަކަށް ފުންކޮށް ވިސްނައި ޢަމަލުކުރާށެވެ! އެކަމުން ކުރާނެ ފައިދާ ވަރަށް ބޮޑުވާނެއެވެ. އިން ޝާ ﷲ 

‘Amr ibn ‘Abasah reported: The Prophet, peace and blessings be upon him, said, “Allah Almighty said: My love is a right upon those who befriend each other for my sake. My love is a right upon those who defend each other for my sake.”

Source: al-Mu’jam al-Ṣaghīr 1092

Grade: Sahih (authentic) according to Al-Albani 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް