އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީމާގެ ހިއްވަރާއި މޮޅުކުޅުމުގެ ސަބަބުން ހޯދި ކާމިޔާބީއާއެކު ޤައުމު މިއަދު ފަހުރުވެރިވޭ: ރައިސް

ދީމާގެ ހިއްވަރާއި މޮޅުކުޅުމުގެ ސަބަބުން ހޯދި ކާމިޔާބީއާއެކު ޤައުމު މިއަދު ފަހުރުވެރިވޭ: ރައިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ދީމާގެ ހިއްވަރާއި މޮޅުކުޅުމުގެ ސަބަބުން ހޯދި ކާމިޔާބީއާއެކު ޤައުމު މިއަދު ފަހުރުވެރިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރު ފްރާންސްގެ ޕެރިސްގައި ބާއްވާ އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވުމާއި ގުޅިގެން މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައިސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް މިއަދަކީ ތާރީހީ ދުވަހެއްކަމަށާއި ދީމާގެ ހިއްވަރާއި މޮޅުކުޅުމުގެ ސަބަބުން ހޯދި ކާމިޔާބީއާއެކު ޤައުމު މިއަދު ފަހުރުވެރިވާކަމަށެވެ. އަދި ޕެރިސްގައި ބާއްވާ އޮލިމްޕިކްސްގައިވެސް ދީމާއަށް ފުރިހަމައަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވި އެތްލީޓް ފާތިމަތު ދީމާ ޢަލީއަށްވަރަށް ހޫނުމަރުޙަބާއެއް ދަންނަވާ ކަމަށާއި ޤައުމަށް ލިބުނު މި ފަޚުރުވެރި ކާމިޔާބީއަކީ ދީމާއާއި އާއިލާގެ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީން ކުރި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު