އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެގޮތުގެ ތަމްރީނު ޕްރޮގްރާމެއް 22 ފުލުހަކު ފުރިހަމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން "ޓްރެއިނިންގ އޮން ސްޓެންތެންގ ކެޕޭބިލިޓީސް ޓު ޑިސްޓްރަޕްޓް މެރިޓައިމް ކްރައިމްސް އޭޒް ރިލޭޓެޑް ޓު ޓެރަރިސްޓް ތްރެޓްސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިމަހުގެ 13 އިން 15 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފުލުހުންގެ އެކި ބަހާތަކުން 22 ފުލުހަކު ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ. މި ރަސްމިއްޔާތުގައި، މެރިން ޕޮލިސްގެ ޑިޕާޓްމަންޓުތަކުގެ އިސް އޮފިސަރުންނާއި ޔޫ.އެން.އޯ.ޑީ.ސީގެ ހެޑް އޮފް އޮފީސް މރ. އެންރީކޯ ބޮނިންސޭނާ އަދި ކޯހުގެ މުދައްރިބު މރ. ކެނެތް އަލްފެރޑޯ ޕެނިންގޓަން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ކޯހެއްގެ މުހިންމު ކަމާއި، ކޯހުގެ ބައިވެރިންނަށް މި ކޯހުން ލިބުނު އިލްމާއި ހުނަރުގެ މައްޗަށް އަލިއަޅުވާލެއްވެވިއެވެ. އަދި ކޯހުގައި ދަސްވިކަންކަން ޢަމަލީ މައިދާނުގައި ބޭނުންހިފުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދެނެގަތުމާ އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭ ސަރަހައްދަށް ވަދެ ނުކުތުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށް ތަމްރީނުދީފައިވެއެވެ. އަދި މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ވެސް މިޕްރޮގްރާމުގައި ކިޔަވައިދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު