އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ އަޚާއާއި އުޚުތާގެ ކިބައިން ފެންނާނެ 2 ކަމެއް!

ޙަޤީޤީ އަޚާއާއި އުޚުތާގެ ކިބައިން ފެންނާނެ 2 ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

"ތިބާގެ ޙަޤީޤީ އަޚާއަކީ ތިބާއަށް ލިބެން އަންނަ އަނިޔާއިން ތިބާ ސަލާމަތް ކުރުމަށް އެމީހާގެ ނަފްސް ޤްރްބާންކުރަން ތައްޔާރަށް ހުންނަ މީހާއެވެ. އަދި ތިބާއަށް މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެ މުޞީބާތުން ތިބާ ސަލާމަތްކުރަން މަސައްކަތް ކުރުމުން އެމީހަކަށް އަނިޔާ އާއި ގެއްލުން ލިބުނު ނަމަވެސް ތިބާ ސަލާމަތްކުރަން ކުރިމަތިލާމީހާއެވެ." --ޢަލީގެފާނުގެ ބަސްފުޅެއްކަމަށް ބުނެވޭ ބަސްފުޅަކުން

ތިބާއަށް މިފަދަ އަޚެއް ލިބިފައިވާނަމަ ނަމަނަމަ ދޫކޮށްނުލާށެވެ. އެފަދަ އަޚުންނަކީ މިހާރު ވަރަށް މަދުބައެކެވެ.

ނިކަން ވިސްނައިލަބަލާށެވެ! ގިނަ އެކުވެރިން މިއަދު އަޚާގެ ނުވަތަ އުޚުތާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ޖެހިލުމެއް ނުވެއެވެ. އެކުވެރިޔާގެ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބިވެ ވަރިކުރުވަން ޖެހިލުމެއް ނުވެއެވެ.

ގިނަ އެކުވެރިންނަކީ ދެމަފިރިންގެ މެދުގައި ކިތަންމެ ކުޑަނަމަވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް އިންތިހާއަށް ބޮޑުކޮށްލައިގެންވެސް ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުންނެވެ، ވީމާ މިއީ މިއަދު އެންމެންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

މިހެން ބުނަން މިޖެހެނީ ދިރިއުލުމުގައި ކުރިމަތިވާ ގިނަ މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބަކަށް އެކުވެރިންކަމުގައި ތިމާއަށް ޤަބޫލުކުރެވި އެކުގައި ގެންގުޅެވޭ މީހުން ވެގެންދާތީއެވެ. މިއީ ސަމާލުކަންދީފިނަމަ ސަލާމަތްވެވެން އޮތް ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް