އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް އަނބިކަލަކަށް ރަސޫލް ޞޢޥ ފެނިވަޑައިނުގަނެގެން އުޅުއްވަން ޖެހިވަޑައިނުގަންވާހާ ގިނައިން އަނބިއަބިކަނބަލުންނަށް ޒިޔާރަތް ކުރެއްވެވި!

އެއްވެސް އަނބިކަލަކަށް ރަސޫލް ޞޢޥ ފެނިވަޑައިނުގަނެގެން އުޅުއްވަން ޖެހިވަޑައިނުގަންވާހާ ގިނައިން އަނބިއަބިކަނބަލުންނަށް ޒިޔާރަތް ކުރެއްވެވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 48 ސިކުންތު

ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ އަރިހަށް ވެދެވަޑައިގެން މުނިއަވަސް ފިލުއްވައި ހެއްދެވިއެވެ:

އެކަލޭގެފާނުގެ އެއްވެސް އަނިބިކަނބަލަކަށް އެކަލޭގެފާނާ ދިމާނުވެގެން އުޅުއްވަވަން ޖެހިވަޑައިނުގަންނަވާހާ ގިނައިން އެކަނބަލުންގެ އަރިހަށް ވެދެވަޑައިގެން ހައްދަވައެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހެއްގެ ހެނދުނުގެ ކުރީކޮޅުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުނަށް ޒިޔާރަތް ކުރައްވައެވެ. 

އެކަން ބަޔާންކުރައްވައި އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ:

"وكان رسول الله صلى الله عليه وسلم إذا صلى الصبح جلس في مصلاه ، وجلس الناس حوله حتى تطلع الشمس ثم يدخل على نسائه امرأة امرأة يسلم عليهن ويدعو لهن. فإذا كان يوم إحداهن كان عندها". (الطبراني في المعجم الأوسط: 8764. وسكت عنه الحافظ) 

"ރަސޫލުﷲ صلى الله عليه وسلم ފަތިސްނަމާދު ކުރައްވާ ނިމިވަޑައިގަތުމުން އެކަލޭގެފާނު ނަމާދުކުރެއްވި ތަނުގައި އިށީނދެވަޑައިގެން އިންނަވާކަމުގައިވެއެވެ. އަދި މީސްތަކުން (ވެސް) އެކަލާގެފާނުގެ އަރިހުގައި އިރުއަރަންދެން ތިއްބަވައެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ސަލާމްގޮވާލައްވާޙާލު އެގޭގެއަށް ވަކިވަކިން ވަދެވަޑައިގަންނަވައެވެ. އަދި އެކަނބަލުންނަށް (ހެޔޮ) ދުޢާކޮށްދެއްވަވައެވެ. އަދި އެދުވަހަކު އެކަނބަލެއްގެ ގޭގައި މަޑުކުރައްވަން ކަނޑައެޅިފައިވާ އަނބިކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު މަޑުކުރައްވައެވެ". 

އަދި ހަމަ އެފަދައިން ދުވާލުގެ ފަހުކޮޅުގައިވެސް އެކަލޭގެފާނު އެމަގުން ކަންތައްކުރައްވާ ކަމުގައިވެއެވެ. ޢާއިޝާ رضي الله عنه ރިވާކުރައްވާފައިވާފައިވެއެވެ. 

وَكَانَ إِذَا انْصَرَفَ مِنَ الْعَصْرِ دَخَلَ عَلَى نِسَائِهِ …” (البخاري: 5216، ومسلم: 1474) 

"ރަސޫލުﷲ صلى الله عليه وسلم ޢަޞްރުނަމާދު ކުރެއްވުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އަރިހަށް ވަޑައިގަންނަވާކަމުގައިވެއެވެ. އަދި އެއިން އެއް އަނބިކަނބަލަކާ ކައިރިވެވަޑައިގަންނަވާ ކަމުގައި ވެއެވެ". 

މިތަނުގައި "ކައިރިވެވަޑައިގަންނަވާ ކަމުގައިވެ" އޭ ބުނެވޭ ބަހުގެ މާނައަކީ ބޮސްދެއްވުމެވެ. އަދި ޖިމާޢު ނުވެ ލޯބިކުރެއްވުމެވެ". (عمدة القاري: 30/92) 

- އައްޝައިޚް ޒަމްޒަމް ފާރިޝް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް