އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އޮނަރަބަލް އަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރަ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި، އިސްކަންދޭނެ މުހިންމު ފަސްކަމެއް ފާހަގަކޮށްފައިވެއެވެ. އެ ފަސް ކަމަކީ:

ކޮމްބެޓިންގ ކްރިމިނަލް ތްރެޓްސް: ދިވެހި ގައުމަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މަރުކަޒީ އަދި ސަރަހައްދީ ގާބިލުކަން ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ، ގޭންގު ކުށްތައް ހުއްޓުވައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި އަދި ހިއުމަން ޓްރެފިކިންގ، ވައްކަން، ފޭރުން، މަކަރާއި ހީލަތް، ޓްރެފިކް ގަވާއިދާ ހިލާފުވުން، ސައިބަރ ކްރައިމް، ޓެރަރިޒަމް، ވައިލެންޓް އެކްސްޓްރީމިޒަމް، ގެވެށި އަނިޔާ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ޕަބްލިކް ޑިސްއޯޑަރ ހިމެނޭހެން ރަައްޔިތުންގެ އިތުބާރު އުފެއްދުމަށް މުޖުތަމައާ ގުޅިގެން، ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.

ޕްރިއޯރަޓައިޒިން ކޮމިއުނިޓީ އެންގޭޖްމަންޓް އެންޑް ޕޮލިސިންގ: ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސިންގ މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ޚިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތްކުރުން.

މޮޑަރނައިޒިންގ އެންޑް އަޕްގްރޭޑިންގ ޕޮލިސް އިންފްރާސްޓްރަކްޗަރ އެންޑް ޕްރެކްޓިސް: ސްޓްރެޓެޖިކް އިންވެސްޓުމަންޓުތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިކޮށްދޭނެ ދިގުރާސްތާ ޕްލޭނެއް އެކުލަވައިލާ ތަންފީޒުކުރުމާއި ފުލުހުންގެ ޚިދުމަތުގެ ތެރޭގައިހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ޑިޕާޓްމަންޓުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ސަގާފަތެއް އުފެއްދުން.

ފޮސްޓަރިންގ އިފެކްޓިވް ގަވަރނެންސް އެންޑް ލީޑަރޝިޕް ޑިވެލޮޕްމަންޓް: ފުލުހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި އެތެރޭގައި ގާއިމުކުރެވިފައިވާ ޑިޕާޓްމަންޓުތަކާއި، ސިސްޓަމްތަކާއި، ޕްރޮސެސްތަކާއި ގަވާއިދުތަކާއި، ޕޮލިސީ އަދި ޕްރޮސީޖަރތައް، ރިވިއުކޮށް ރަނގަޅުކުރުމަށް އިސްކަންދީ، ކޯ ޕޮލިސިންގ ފަންކްޝަންތައް އަދި ހުރިހާ ލެވެލްއެއްގައި ލީޑަރޝިޕް އެޕްރޯޗް ހަރުދަނާކޮށް، ހުނަރުވެރި ގާބިލު ދުޅަހެޔޮ މުވައްޒަފުން ބިނާކޮށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުން.

އެންޝުއަރިންގ އެކައުންޓެބިލިޓީ އެންޑް އެތިކަލް ކޮންޑަކްޓް: ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ޚިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ޚިދުމަތަކަށް ހަދައި، ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުން.

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނާއެކު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަންތައްތަކެއް ހާސިލުކުރެވިގެންދާނެއެވެ.

އެގޮތުން މަސްތުވާތަކެއްޗާއި ގޭންގު ވައިލެންސާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމުކުރެވިގެންދިއުމާއި ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރެވިގެންދިއުމާއި ނެއިބަރހުޑް ޕޮލިސިންގ އިތުރަށް ތަރައްގީކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުމުގެ މަސައްކަތްކުރެވިގެންދާނެއެވެ.

މީގެ އިތުރުން މުސްތަގުބަލަށް ފޯކަސްކުރާ އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމުކުރެވިގެންދިއުމާއި އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިންގ ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތްފެށިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު