އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅަށް ކިޔަވައިދޭން މަސައްކަތްކުރާ ބެލެނިވެރިންގެ ދަރިފުޅު މޮޅުވެފައި މަސައްކަތްނުކުރާ ބެލެނިވެރިންގެ ދަރިފުޅު ދަށްވާތީ ކުރަން ފެނުނު ކަމަކީ ސިޙުރުހެދުން! މިއީ ބޮޑުވެއްޖެ ވަބާއެއް!

ދަރިފުޅަށް ކިޔަވައިދޭން މަސައްކަތްކުރާ ބެލެނިވެރިންގެ ދަރިފުޅު މޮޅުވެފައި މަސައްކަތްނުކުރާ ބެލެނިވެރިންގެ ދަރިފުޅު ދަށްވާތީ ކުރަން ފެނުނު ކަމަކީ ސިޙުރުހެދުން! މިއީ ބޮޑުވެއްޖެ ވަބާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 58 ސިކުންތު

އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ރަނގަޅަށް ކިޔަވަމުން އައި ކުއްޖެކެވެ. އެންމެ ކުޑައިރުންސުރެ ކްލާހުން 1،2،3 ގައި ހިމެނެއެވެ. ގްރޭޑް 9 އަކަށް ބަދަލުވި އަހަރުން ކިޔެވުން މަތިން ފޫހިވާން ފަށައިފިއެވެ.  

ކުރިން ފިލާވަޅުދަސްކުރޭތޯ ބަލަން ފާރަލާކަށް ނުޖެހެއެވެ. ދުރުދުރުން ބަލައިލިޔަސް ކިޔަވަނީކަން އެނގޭނެއެވެ. ނަމަވެސް އެއިރު ކިޔަވަން ބައިންޑާފައި ގާތުގައި އިނަސް އިރުކޮޅަކުން ބުނާނީ ނިދިަންނަ ކަމަށެވެ. ނޫންނަމަ ބޮލުގައި ރިއްސަނީ ކަމަށެވެ.  

މިކަން ބޮޑުވެގެން ފުރަތަމަ އަމިއްލައަށް ރުޤްޔާކުރީއެވެ. ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައެވެ. ނަމަވެސް އެކުގައި ފިލައިފިކަމަށް ޤަބޫލުނުކުރެވުމުން ރުޤްޔާކުރާ މީހެއްގެ ގާތުން އެހީތެރިކަން ހޯދީއެވެ.  

ކަމަކުދާކަށް ނެތެވެ. ހަސަދަ ލައިގެން މިއުޅެނީ ފަހަރިއެވެ. އޭނާއަކީ ދަރިންނަށް ކިޔަވައިދޭން މަސައްކަތްކުރާ އަންހެނެއް ނޫނެވެ. ސްކޫލަށް ގެންގޮސްފައި ގެނައުން ނޫން އިތުރު އެއްވެސް ކަމެއްކުރާ އަންހެނެއް ނޫނެވެ. ވީމާ އޭނާގެ ދަރިންނަށް މަތީ ވަނަތައް ނުލިބޭތީ ހަސަދަލީއެވެ. އަދި ސިޙުރެއްވެސް ހެއްދުވީއެވެ.  

ވިސްނާށެވެ! އޭނާގެ ދަރިފުޅަށް މަތީވަނަތައް ހޯދައިދޭން ދަރިންނަށް ފިލާވަޅުތައް ދަސްކޮށްދޭން މަސައްކަތްކުރުމުގެ ބަދަލުގައި އޭނާއަށް ކުރަން ފެނުނު ކަމަކީ އަޅުގަނޑުމެންގެ ދަރިފުލުގެ ކިޔެވުމަށް ހުރަސްއަޅަން މަސައްކަތްކުރުމެވެ.  

ދެން ބުނެލަން ބޭނުންވަނީ އެކަންކުރީ އޭނާކަން އެނގުނު ގޮތެވެ. ރުޤްޔާކުރި މީހާ ބުނީއެއް ނޫނެވެ. ކިޔައިދިން ވާހަކަތަކުން އަޅުގަނޑުމެންނަށް ޝައްކުކުރެވުނީއެވެ. އެހިސާބަށް ދިއުމުން ގޭގައި ފިރިމީހާ ޖެއްސި ޑްރާމާއަކަށްދެމަފިރިން އޭނާ ބިރުގަތީއެވެ. އޭނާއަށް ގެއްލުމެއް ލިބިދާނެކަމަށް ގަތްބިރުން އަމިއްލައަށް އެއްބަސްވެ ކިޔައިދިނީއެވެ.  

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެކެވެ.  

ބުނެލަން އޮތީ ހަމަ އެއްވާހަކައެކެވެ. މިފަދަ އެތައް ކަމެއް އަބަދުހެން ހިނގަމުންދާއިރު ހުއްޓުވަން ދީނުގައި ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟  

ތިޜީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

 

ސިހުރުވެރިޔާގެ ކިބައިން ތައުބާވުމަކަށް ނޭދެވޭނެ!: އިމާމް މާލިކްގެފާނު  

މާލިކުގެފާނު ވިދާޅުވެފައިވަނީ ސިޙްރުވެރިޔާ އަކީ ކާފިރެކެވެ. ވީމާ ސިޙްރު ހަދާމީހާ ޤަތުލު ކުރެވޭނެއެވެ. އޭނާ ތައުބާ ވުމަކަށް ނޭދެވޭނެއެވެ. އަދި ކީއްހެއްޔެވެ؟ ޒިންދީޤެއް ފަދައިން އޭނާ ޤަތުލުކުރުން ލާޒިމެވެ. މިއީ މާލިކީ މަޛްހަބްގެ ޢިލްމުވެރީންވެސް ވިދާޅުވާ   ގޮތެވެ.  

ފަހެ ޖުންދުބުގެ އަރިހުން އައްތިރްމިޒީ ރިވާކުރެއްވި މައުޤޫފް ޙަދީޘެއްގައި ވެއެވެ. " حَدُّ السَّا حِر ضَرْبُهُ بِااسَّيْفِ " މާނައީ: ސިޙްރުވެރިޔާގެ ޙައްދަކީ ކަނޑިން ޖަހައި ޤަތުލުކޮށްލުމެވެ.  

ޙަންބަލީ މަޛްހަބުގެ ޢިލްމުވެރީން ވިދާޅުވަނީ ސިޙްރުވެރިޔާއާއި ކާހިނާއި ދެމީހުންގެ ޙުކުމަކީވެސް ޤަތުލު ކުރުމެވެ. އެއީ سيدنا عمر رضي الله عنه  ވިދާޅުވެފައިވާ މިބަސްފުޅަށްޓަކައެވެ. " أُقْتُلُوا كُلَّ سَاحِرٍ وَكَاهِنٍ " (ތިޔަބައިމީހުން ކޮންމެ ސިޙްރުވެރިޔަކާއި، ކޮންމެ ކާހިނަކު މަރާށެވެ!) އައި އެއްރިވާޔަތެއްގައިވާ ގޮތުން އެއިން މީހަކު ތައުބާ ވެއްޖެނަމަ ޤަތުލެއް ނުކުރެވޭހުއްޓެވެ.  

އިސްވެދިޔަ ތިންމަޛްހަބުގެ ބައެއް އިމާމުވެރި ބޭކަލުންނާއި އެމަޛްހަބުތަކުގެ ގިނަ ޢިލްމުވެރީން އެގޮތުގެ މަތީން ވިދާޅުވެފައިވާއިރު އަލްއިމާމު އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވަނީ ސިޣުރުވެރިޔާ ޤަތުލު ކުރެވޭނީ އޭނާ ސިޙުރުގެ ކަންތަކުގައި ކުފުރާ ހަމައަށް ފޯރާފަދަ ޢަމަލުކުރާ ކަމުގައި ވެއްޖެނަމައެވެ. ފަހެ އޭނާގެ ޢަމަލު ކުފުރާ ހަމައަށް ނުފޯނުފޯރާނަމަ ޢޭނާ ޤަތުލު ކުރެވޭނެ ކަމަކަށް ޝާފިޢީގެފާނު ދެކެވަޑައެއް ނުގަންނަވައެވެ. ސިޙްރުގެ ޛަރީޢާއިން މީހަކު މަރާލައިފިނަމަ ޤިޞާޞް ހިފުމުގެ ގޮތުން މެރުމަކީ އަދި އެހެން މައްސަލައެކެވެ. އެހެނީ އެއީ ސިޙްރުގެ ޢަމަލު ކުރިކަމަށްޓަކައި މެރި މެރުމެއްނޫނެވެ. ސިޙްރުގެ ޢަމަލުގެ ސަބަބުން މީހެއްގެ ފުރާނަ ގޮސްފައިވާތީ އެކަމަށްޓަކައި މެރި މެރުމެކެވެ.  

އަލްއިމާމު އައްނަވަވީ ވިދާޅުވެފައި ވެއެވެ. ސިޙްރު ހެދުމަކީ ޙަރާމް ކަމެކެވެ. އަދި އެއީ އިޖްމާޢުން އެގޭ ގޮތުގައި ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. رسول الله صلّى الله عليه وسلّم  އެކަންތައް ހިމަނުއްވާފައިވަނީ ހަލާކުދެނިވި ހަތް މޫބިޤާތުގެ ތެރޭގައެވެ. ސިޙްރުގެ ތެރޭގައި ކުފުރު ކަމުގާ ބެލެވޭ ސިޙްރު ވެއެވެ. އަދި ކުފުރު ކަމުގައި ނުބެލެވޭ އެކަމަކު ބޮޑުފާފައެއް ކަމުގައި ބެލެވޭ ސިޙްރުވެސް ވެއެވެ. ފަހެ ސިޙްރުގައި ކުފުރުގެ ބަސްތަކާއި އެފަދަ ޢަމަލު ހިމެނިގެންވާނަމަ އެވާނީ ކުފުރަށެވެ. ނޫންނަމަ ކުފުރަކަށް ނުވާނެއެވެ. 

އަލްއިމާމު އަޙްމަދު ބުނު ޙަންބަލްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސިޙްރުވެރިޔާ އޭނާގެ ސިޙްރުގެ ޛަރީޢާއިން މީހަކު ޤަތުލުކޮށްފި ޙާލެއްގައި މެނުވީ އޭނާ ޤަތުލެއް ނުކުރެވޭނެ އެވެ. އަދި އެކަން އޭނާގެ މައްޗަށް ސާބިތުވާނީ އޭނާގެ އިޤްރާރުންނެވެ. 

އަލްޢައްލާމަތު އިބުނު ޚަލްދޫން ވިދާޅުވެފައި ވެއެވެ. ސިޙްރަކީ ފަލަކުތަކަށާއި ތަރިތަކަށާއި މަތިވެރި ވެގެންވާ ޢާލަމްތަކަށާއި ޝައިޠާނުންނަށް މާތްކޮށް ހިތައި އަޅުކަންކޮށް ޚުޝޫޢަތްތެރިވެ ނިކަމެތިވެގެންވާ ޙާލު އެތަކެއްޗަށް ކުރިމަތިލައި ތަވައްޖުހުވުމެވެ. އެކަމަކީ ﷲ ފިޔަވައި އެހެން ފަރާތަކަށް ތަވައްޖުހުވެ ސަޖިދަ ކުރުމެކެވެ. ފަހެ ﷲ ފިޔަވައި އެހެންފަރާތަކަށް އެފަދަ ކަމެއް ކުރުމަކީ ކުފުރުވުމެކެވެ. މިކަމަށްޓަކައި ސިޙްރުގެ ޢަމަލަކީ ކުފުރުގެ ޢަމަލެއް ކަމުގައި ވެއްޖެއެވެ.  

އައްޝައިޚް ޙާފިޡުބުނު އަޙްމަދު ޙަކަމީ ވިދާޅުވެފައި ވެއެވެ. ސޫރަތުލް ބަޤަރާގައިވާ ސިޙުރާބެހޭ އާޔަތުގައިވާފަދައިން ސިޙްރުވެރިޔާގެ ސިޙްރުގެ ޢިލްމަކީ ޝައިޠާނާގެ ކިބައިން ލިބިގަންނަ އެއްޗެއް ކަމުގައިވާނަމަ ފަހެ އޭނާއަކީ ކާފިރެކެވެ. އެއީ ﷲ ތަޢާލާ މިފަދައިން ވަޙީ ކުރައްވާފައިވާ ކަމަށްޓަކައެވެ. "وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ"  - سورة البقرة 102 (ތިމަންމެން ވާކަން ކަށަވަރީ އިމްތިޙާނެއްކަމުގައޭ ފަހެ ކާފިރު ނުވާށޭ ވިދާޅުވެފައި މެނުވީ އެއްވެސް މީހަކަށް އެދެމަލާއިކަތުން ސިޙްރު އުގަންނައެއް ނުދެއްވައެވެ. ) 

ޑޮކްޓަރ އަލްޙުސައިނީ އަބޫ ފަރްޙާ ވިދާޅުވެއެވެ. ޢިލްމީ ފޮތްފޮތުގައިވާ ފަދައިން ސިޙްރުވެރިޔާއަކި ބައެއްފަހަރަށް އޭނާގެ ސިޙްރުން މީހުން މަރައި ނުވަތަ މީހުންނަށް ބައެއް ބަލި ޖައްސައިހަދާ މީހެއްކަމަށް ވުމާއެކު އިސްލާމްދީނުގައި ސިޙްރާމެދު ބެލެވިފައިވަނީ އެއީ ބޮޑު ފާފައެއް ކަމުގައެވެ. 

އަދި ޢުމާންގެ ޢާއްމު މުފްތީއެއް ކަމުގައިވާ އައްޝައިޚް އަޙްމަދު ބުނުޙަމަދުލްޚަލީލީ ވިދާޅުވެއެވެ. ސިޙްރުވެރިޔާއަކީ ޞަޙީޙު މައުނައިންބަލާއިރު މުސްލިމުންގެ ތެރެއިންވާ މީހެއްނޫނެވެ. މިގޮތުން رسول الله صلّى الله عليه وسلّم ސިޙްރާއި ސިޙްރުވެރީންނާމެދު ގަދަފަދަ ޙުކުމް ކަނޑައަޅުއްވައި ސިޙްރުވެރީން ޤަތުލު ކުރުމަށް އަމުރު ކުރައްވާފައިވެއެވެ.  

ކޮންމެއަކަސް ސިޙްރަކީ ކުފުރުވުމެއްކަމާއި، އެކަމުގެ ޖަޒާއަކީ ޤަތުލު ކުރުން ކަމުގައި މުޠުލަޤަށް ވިދާޅުވާ ބޭކަލުން އެގޮތަށް އެވިދާޅުވަނީ ސިޙްރަކީ އެއީ ގަދަކީރިތިވަންތަ ﷲ ފިޔަވައި އެހެން ފަރާތެއް ތަޢުޡީމް ކުރެވި ޚުޝޫޢަތް ތެރިވެ ނިކަމެތިވެގެންވާ ޙާލު އެފަރާތަށް ކުރިމަތިލައި ތަވައްޖުހުވެވޭ ގޮތުގައިވާ ކަމެއް ކަމަށް ވުމާއި، ދީނާއި ޚާލިޤުވަންތަ ﷲ އަށް ހުތުރު ބަސް ރައްދުކޮށް ޝައިޠާނާއާއެކު ޢަޤުދުކޮށް އެފަރާތަށް އަޅުކަންކޮށް އެފަރާތަށް ތިމާގެނަފްސް ވިއްކައިލެވޭ، އަދި ﷲ އަށް ޚާއްޞަވެގެންވާ ކަންތައްތަކެއް އެހެންފަރާތަކަށް ނިސްބަތް ކުރެވޭ ގޮތުގައިވާ ކުފުރުގެ ބަސްތަކަކާއި ކަންތައްތަކެއް ކަމުގައި މުޠުލަޤަށް އެބޭކަލުން ދެކެވަޑައިގަންނަވާތީއެވެ. ފަހެ ސިޙްރާމެދު އެގޮތަށް ބެލެވިއްޖެނަމަ ސިޙްރުގެ ޙުކުމް އަންނާނީ އެގޮތުގެ މަތީން ކަމަށްވުމާމެދަކު ޝައްކެއް ނެތެވެ.  

ނަމަވެސް ސިހްރާމެދު އެގޮތަށް ދެކެވަޑައިނުގަންނަވާ ބޭކަލުން ސިޙްރާމެދު ބައްލަވަނީ ތަންކޮޅެއް ތަނަވަސް ދާއިރާއަކުންނެވެ. ތަފާތު އެކި ނަޒަރުންނެވެ. މީގެ މިސާލެއްގެ ގޮތުން އަލްއިމާމް އަންނަވަވީގެ ބަސްފުޅު ފުދެއެވެ. ކުރިންވެސް އިޝާރާތް ކުރެވިފައިވާނޭ ފަދައިން އެކަލޭގެފާނު ދެކެވަޑައިގަންނަވަނީ ސިޙްރުގެ ތެރޭގައި ކުފުރު ކަމުގައި ބެލެވޭ ސިޙްރު ވާކަމަށާއި، ކުފުރު ކަމުގައި ނުބެލެވޭ، އެކަމަކު ބޮޑުފާފައެއް ކަމުގައި ބެލެވޭ ސިޙްރުވެސް ވާކަމަށެވެ. އެހެނީ ސިޙްރުގައި ކުފުރުގެ ބަސްތަކާއި، އެފަދަ ޢަމަލު ހިމެނިގެންވާނަމަ އެވާނީ ކުފުރަށެވެ. ނޫންނަމަ ކުފުރަކަށް ނުވާނެއެވެ.  

އިސްވެ ބަޔާންވެ އެދިޔައީ މަޛްހަބްތަކުގެ އިމާމުވެރި ބޭކަލުންނާއި، އެކިއެކި ޢިލްމުވެރީންގެ ރައުޔުތަކެވެ. ފަހެ އެއެންމެހައި ވާހަކަތަކުގެ ޙާޞިލުލްކަލާމް އަންނަނިވި ގޮތުގެމަތީން ޢިބާރާތް ކުރަމެވެ. 

ސިޙްރަކީ އެއީ ދީނާ ޚިލާފު އަދި ތިމާ ކާފިރުވަނިވި ބަސްތަކަކާއި ކަންތައްތަކެއްނަމަ އެވާނީ ކުފުރަށެވެ. އެއީ އެއިން ނުކުތް ނަތީޖާ އަކަށް ނުވަތަ އެއިންފޯރި އަސަރަކަށް ބެލުމެއްނެތިއެވެ. އަދި އެސިޙްރަކީ އެއީ ޙަރާމްވެގެންވާ ބަސްތަކެއް ނުވަތަ ކަންތައްތަކެއްނަމަ އެވާނީ ޙަރާމް ކަމަކަށެވެ. އަދި އެބަސްތަކަކީ ނުވަތަ ކަންތައްތަކަކީ ޖާއިޒު ވެގެންވާ ނުވަތަ ހުއްދަވެގެންވާ ބަސްތަކެއް ނުވަތަ ކަންތައްތަކެއްނަމަ ބެލެވޭނީ އެއިން ނުކުންނަ ނަތީޖާއަކަށެވެ. ފަހެ އެނަތީޖާއަކީ ޙަރާމްވެގެންވާ ކަމަކަށްވާނަމަ އެވާނީ ޙަރާމް ކަމަކަށެވެ. ނޫންނަމަ އެއީ ޙަރާމް ކަމެއް ނޫނެވެ. 

މިއީ ސިޙްރާމެދު ފިޤުހުވެރިންގެ ޙުކުމް ހުރި ގޮތެވެ. ގާތްގަނޑަކަށް ހުރިހާ މަޛްހަބުތަކެއްގައިވެސް އެކަމުގެ މައްޗަށް އެއްބަސްވެވެއެވެ. އެއީ ޞައްޙަ ވެގެންވާ ތެދުޙުކުމެވެ. އަދި އޭގެ މައްޗަށް އެއްވެސް ހިރަފުހެއް އަރާފައިނުވާ ފަތުވާމެއެވެ.  

(--އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް