އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިލެކްޝަނުން ސިޔާސީ 6 ޕާޓީއަށް ފައިސާ ދޫކޮށްފި

އިލެކްޝަނުން ސިޔާސީ 6 ޕާޓީއަށް ފައިސާ ދޫކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ 6 ޕާޓީއަށް ފައިސާ ދޫކޮށްފިއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް  މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިއަހަރަށް ލަފާކޮށް މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ސިޔާސީ 6 ޕާޓީއެއްކަމަށާއި އެއީ ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކެވެ. އަދި މިހާރު އެ ހުރިހާ ޕާޓީއަކަށްވެސް ފައިސާ ދޫކޮށް ނިމިފައިވާކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި ހިނގަމުންދާ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައި ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު