އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރަކަށް ހުންނެވި ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އަވާހަރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
އަބްދުލް ހަންނާނަކީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ދެވަނަ ފަހަރަށް ފުރޮޅާލުމަށް ފަހު އެކުލަވައިލެވުނު ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ދެ ދައުރެއްގައި ވަޒީރުކަން ކުރައްވައިފައެވެ. އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވައިފައެވެ.
އަބްދުއްހަންނާން ހަލީމް އަވަހާރަ ވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާ އަށް ތައުޒިޔާ ފޮނުއްވައިފައެވެ.
ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަންނާން އަކީ ދައުލަތަށް އެތަކެއް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، އެބޭފުޅާ އަވަހާރަ ވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި މި ޕޯސްޓުގައި މަރުޙޫމް އަބްދުލްހަންނާންގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި، އަދި ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުން އެދި ހެޔޮ ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) June 19, 2024
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަޤާމުގައި ދައުލަތަށް ޚިދުމަތްކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ޚިދުމަތްތަކެއްވެސް ދިގު… pic.twitter.com/THbZBABFMb
Advertisement
19 ޖޫން 2024