އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިލާގެ މީހަކުނަމަވެސް އެކުވެރިއަކު ނަމަވެސް މަރުވުމުން އެމީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް-

ޢާއިލާގެ މީހަކުނަމަވެސް އެކުވެރިއަކު ނަމަވެސް މަރުވުމުން އެމީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 17 ސިކުންތު

ޢާއިލާގެ މީހަކު މަރުވިނަމަވެސް އަދި ކިތަންމެ ގާތް އެކުވެރިއަކުނަމަވެސް މަރުވެއްޖެނަމަ އެމީހަކާއިމެދު ވިސްނައިލެވެނީ މަދުމީހަކަށެވެ. އެމީހަކަށް އެހީތެރިވެދެވެނީވެސް މަދުމީހަކަށެވެ. އޭނާގެ ހުވަފަތް އަނބިމީހާއަށާއި ދޫކޮށްފައިދާ ކުދިން ކޮޅަށް އަޅައިލެވެނީވެސް މަދު މީހަކަށެވެ.  

ޢާއިލާގެ މީހަކު ނުވަތަ ގާތް އެކުވެރިއަކު މަރުވުމުން އެމީހަކަށްޓައި ކޮށްދެވޭނެ އެންމެ ހެޔޮ އަމަލަކީ ކޮބައިކަމާއިމެދު ގިނަބައަކު ސުވާލުކުރާތީ ބުނަމެވެ. އެހެންކަމުން އަހުރެންގެ ވިސްނުމަކީ އެންމެ މުހިންމު އެއްކަމަކީ އޭނާގެ ދަރަންޏެއް އޮތްކަން އެނގޭނަމަ ނުވަތަ އޮޅުންފިލުވައިގެންވެސް އެދަރަނި އަދާކޮށްދިނުމެވެ. އޭނާ ސުވަރުގެ ވަނުމަށް އޮތް ހުރަސް ނައްތައިލުމެވެ.  

އެގޮތުން މިފާހަގަކުރަނީ އޭނާގެ ދަރަންޏާއި މީސްތަކުންނަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ.  

މީހަކު މަރުވުމުން ކުރަން އެންމެ މުހިންމު އެއް ކަމަކީ އެމީހެއްގެ ދަރަންޏެއް އޮތްތޯ ބަލައި އެދަރަނި އަދާކޮށްދޭން މަސައްކަތް ކުރުމެވެ. ދަރަނި އަދާކޮށްދިނުމެވެ. އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން އެކަމުގައި ބައިވެރިވުމެވެ. އެހެނީ ﷲ ތަޢާލާގެ މަގުގައި ޝަހީދުވާ ޝަހީދުންގެ ހުރިހާ ފާތަކެއް ފުއްސވައި ދެއްވަވާއިރުވެސް ދަރަނި ފުއްސަވައެއް ނުދެއްވަވައެވެ. ދަރަނި އަދާކުރަން ޖެހެއެވެ.  

ރަސޫލް () މީހެއްގެ މައްޗަށް ކަށުނަމާދުކުރައްވަވައި ދެއްވެވުމަކީ އެމީހަކަށް ުވަރުގެ ދެއްވަވާނެ ކަމެކެވެ. އެހެންކަމާއިއެކުވެސް ދަރަންޏެއް އޮތް ޞަހާބީއެއްގެ ކަށުނަމާދު ކުރައްވަން ރަސޫލް () ކުރައްވަވަން ފަސްޖެހިވަޑައިގަތެވެ. ޞަޙާބީންގެ އެދިވަޑައިގަތުމަށް ރަސޫލް () އެޞަޙާބީގެ ކަށުނަމާދުކުރައްވަވައި ދެއްވެވީ އެހެން ޞަޙާބީއަކު އެދަރަނި އަދާކުރެއްވެވުމަށް ޙަވާލުވެވަޑައިގަތުމުންނެވެ.  

މިކަމުންވެސް އެނގިގެންދަނީ ދަރަނީގެ ހުރި ނުރައްކާތެރިކަން ބޮޑުކަމެވެ. ސުވަރުގެ ލިބުމަށް އޮތް ހުރަހެވެ.  

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ދަރަނީގެ ތެރޭގައި މީސްތަކުންގެ ޙައްޤުތައްވެސް ހިމެނެއެވެ. ވީމާ އެމީހެއްގެ ސަބަބުން އެއްވެސް މީހެއްގެ އެއްވެސް ޙައްޤެއް ގެއްލިފައިވާނަމަ ޙައްޤު ގެއްލިފައިވާ މީހާގެ ކިބައިން މަޢާފް ހޯދައި ދިނުމަކީވެސް މައްޔިތުންނަށްޓަކައި ކުރެވިދާނެ ވަރަށް ހެޔޮ ކަމެކެވެ.  

މަރުވީ މީހާގެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެހެނަސް އަހުރެންގެ ނަޒަރުގައި މަރުވި މީހާއަށް ހެޔޮ އެދިގެން ކުރުން އެންމެ މުހިންމު ދެކަމަކީ އޭނާގެ ދަރަނިތައް އަދާކޮށްދިނުމާއި އޭނާގެ ކިބައިގައިވާ މީސްތަކުންގެ ޙައްޤުތަކަށް މާފު ހޯދައިދޭން މަސައްކަތްކުރުމެވެ.   

ޙަދީޘްފުޅުގައިވަނީ ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކުރަނިކޮށް އެމީހަކު ޝަހީދުވެއްޖެނަމަ އޭނާގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައިދެއްވަވާކަމަށެވެ. ނަމަވެސް ދަރަނިފިޔަވައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

Abdullah ibn Amr reported: The Messenger of Allah, peace and blessings be upon him, said, “The martyr is forgiven for every sin except debt.” 

Source: Ṣaḥīḥ Muslim 1886

Grade: Sahih (authentic) according to Muslim 

Al-Nawawi said, “In this is a warning in regards to all the rights of human beings, that jihad, martyrdom, and other deeds of righteousness do not expiate violations against the rights of human beings. Indeed, they only expiate violations against the rights of Allah Almighty.”

Source: Sharḥ al-Nawawī ‘alá Ṣaḥīḥ Muslim 1885 

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلَّا الدَّيْنَ

1886 صحيح مسلم كتاب الإمارة باب من قتل في سبيل الله كفرت خطاياه إلا الدين

قال النووي فَفِيهِ تَنْبِيهٌ عَلَى جَمِيعِ حُقُوقِ الْآدَمِيِّينَ وَأَنَّ الْجِهَادَ وَالشَّهَادَةَ وَغَيْرَهُمَا مِنْ أَعْمَالِ الْبِرِّ لَا يُكَفِّرُ حُقُوقَ الْآدَمِيِّينَ وَإِنَّمَا يُكَفِّرُ حُقُوقَ اللَّهِ تَعَالَى

1885 شرح النووي على مسلم

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު