އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ޓެސްލާ ކާރު ނަސީބުވެރިޔާއާ ހަވާލުކޮށްފި

ދިރާގުން ޓެސްލާ ކާރު ނަސީބުވެރިޔާއާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އަގުހުރި ޓެސްލާ ކާރު ހަވާލުކޮށްފިއެވެ.

މިދިޔަ އީދު ދުވަހު ގުރުއަތުން ހޮވިގެން ޓެސްލާ ކާރު ލިބުނީ ކ. ތުލުސްދުއަށް އުފަން މުސްތަފާ މުހައްމަދަށެވެ. ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެސްލާ ކާރު މުސްތަފާއާ ހަވާލުކޮށްދެނީ ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދެވެ.

މިކަމާގުޅިގެން މުސްތަފާ ބުނީ ޓެސްލާ ކާރެއް ފަދަ އަގުހުރި އިނާމެއްގެ ނަސީބުވެރިއެއްގެ ގޮތުގައި ހޮވުނުކަން އެންމެ ފުރަތަމަ ގަބޫލުކުރަން ދަތިވި ކަމަށެވެ. އެކަމަކު، އެތައް މެސެޖަކާއި ފޯނު ކޯލަކަށް ފަހު ޔަގީންވެ، އެއީ އޭނާ އާއި އާއިލާ ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

މުސްތަފާ ބުނީ އެކާރު ވިއްކާލަން ނިންމާފައިވާކަމަށާއި ވިއްކާލަން ނިންމީ އޭނާއަކީ މާލޭ ގެއެއްގެ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އުޅޭ މީހަކަށް ވާތީ އެ ކާރު ބާއްވާނެ ތަނަކާއި ޗާޖު ކުރާނެ ގޮތެއް ނެތުމުން ކަމަށެވެ.

"ރަށަށް ގެންގޮސްފިއްޔާ ޖެހޭނީ ވެލީގައި ދުއްވަން. އޭރުން ހިރަފުސް އަރައި އެކި މައްސަލަތައް ދިމާވެދާނެ. އެހެންވެ އަޅުގަނޑަށް ގެންގުޅެވެން ނެތީމަ ވިއްކާލަނީ." ކަސްޓަމްސްގައި މަސައްކަތް ކުރާ މުސްތަފާ ބުންޏެވެ. 

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މި އަހަރުގެ ޖެނުއަރީގެނިޔަލަށެވެ. މި ޕްރޮމޯޝަން ވެގެން ދިޔައީ ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަދި އާންމުންގެ މަގުބޫލުކަން ލިބުނު މާކެޓިން ހަރަކާތަކަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު