އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިތާ 8 މަސް ފުރުނުއިރު މެނިފެސްޓޯގައިވާ ކަންކަމުގެ ތެރެއިން އިސްލާމީ ދާއިރާއިން ހާޞިލްކުރެވިފައިވާ ކަންކަން މީޑިޔާއާ ޙިއްސާކުރުމަށްޓަކައި މީޑިއާތަކަށް ޚާއްޞަކޮށްގެން މަޢުރަޒެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ފާއިތުވި 8 މަސް ދުވަހަށް ބަލައިފިނަމަ އިސްލާމިކް މިނިސްޓްރީން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެއިގެ ތެރޭގައި ޒަކާތު ހައުސް ޤާއިމްކުރުން، ޒުވާން ޚަޠީބުން ތަމްރީނުކުރުން ތިނަ ޢަދަދެއްގެ އިމާމުންނާއި ޢިލްމްވެރިން ތަމްރީނުކުރުން، ފުޅައުޑާއިރާއެއްގައި ދީނަށް ދަޢުވަތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުން ފަދަ ގިނަ ކަްނަތއްތަކެއް ހިމެނެއެވެ.
ރައީސް ޑރ މުއިއްޒު @MMuizzu ވެރިކަމަށް ވަޑައިގެންނެވިތާ 8 މަސް ފުރޭ މުނާސަބަތާ ގުޅިގެން، މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާޞިލްކުރެވިފައިވާ ކަންކަން މީޑިޔާއާ ޙިއްސާކުރުމަށްޓަކައި މިނިސްޓްރީ އިން ބާއްވާ މީޑިއާއަށް ޚާއްޞަ މައުރަޒެއް 21 ޖުލައި ގައި އޮންނާނެ. އިންޝާ ﷲ. pic.twitter.com/zit01Mu32P
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 12, 2024
Advertisement
13 ޖުލައި 2024