އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު
ލޮލު ރޯގާ އާއި ފާނަބަސަންދު ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވަމުންދާކަމަށް ލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން (އެޗް.ޕީ.އޭ އިން ބުނެފައިވަނީ ޖޫން 30 އިން ޖުލައި 6 އަކަށް ލޮލު ރޯގާ ޖެހިގެން 337 މީހުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަދި ޏ. އަތޮޅުން ކަމަށެވެ.
މީގެއިތުރުން ފާނަބަސަންދު ޖެހިގެން ޖޫން 30 އިން ޖުލައި 6 އަކަށް މާލެ ސަރަހައްދާއި ޅ. އަދި ސ. އަތޮޅުން 107 މީހުން ރިޕޯޓްކޮށްފައިވާކަމަށާއި ހޭންޑް ފުޓް އެންޑް މައުތް ބަލި ޖެހިގެން ޖޫން 30 އިން ޖުލައި 6 އަކަށް 35 މީހުން ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި އދ. އަތޮޅުން ކަމަށެވެ.
Advertisement
13 ޖުލައި 2024