އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީއައިއޭގައި އިތުރު ދެ ޗެކްޕޯސްޓް ޤާއިމުކޮށްފި

ވީއައިއޭގައި އިތުރު ދެ ޗެކްޕޯސްޓް ޤާއިމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި އިތުރު ދެ ޗެކްޕޯސްޓް ޤާއިމުކޮށްފިއެވެ.

މިކަމާގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ ވީއައިއޭގެ ހުޅަނގާއި އިރުމަތީ ފަރާތުގައި ޤާއިމްކޮށްފައިވާ މި ދެ ޗެކް ޕޯސްޓާއެކު އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށާއި މިއީ ނުގަވާއިދުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ޒަމާނީ ފެންވަރަށް ޤާއިމުކުރި މިޗެކް ޕޯސްޓްތަކުން އެއަރ ސައިޑަށް އަންނަ މީހުންނާއި ވަންނަ ހުރިހާ އުޅަނދު ފަހަރު އޭވިއޭޝަން ސެކިއުރިޓީން ވަރަށް ރަނގަޅަށް ބަލާނެ ކަމަށާއި  މި ދެ ޗެކް ޕޯސްޓުގެ ސަބަބުން ކަސްޓަމްސްއަށް ނުގަވާއިދުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ.

"ވެހިކަލާއި މީހުން ޗެކް ކުރުމަށް ދެ ތަނުގައި ދެ ޗެކްޕޯސްޓް ހުރުމުން މިހާރު މިއޮތް ދަތި ވަރަށް ބޮޑަށް ފިލައިގެންދާނެ. ޗެކް ޕޯސްޓްތައް ގާއިމުކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު. ޑުއަލް މެޝިންތައް، ނުގަވާއިދުން އެތެރެކުރާ ތަކެތި ޑިޓެކްޓް ކުރާނެ މި މެޝިންތަކުން" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު