އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައިކަން އަބަދުވެސް ހަނދާން ބަހައްޓާނަން: ރައީސް ޞާލިޙް

ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައިކަން އަބަދުވެސް ހަނދާން ބަހައްޓާނަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ނިމިދިއަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ ކަމަށާއި ރައްޔިތުން "އަޅުގަނޑަށް" ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް ކަމަށާއި މިކަން އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަވާނެ ކަމަށާއި އަދި މިކަން ކޮންމެ ރައްޔިތަކުވެސް އަދި އަޅުގަނޑުމެން އެންމެންވެސް އަބަދުމެ ހަނދާން ބަހައްޓަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ރައީސް ޞާލިޙްގެ ވާހަކަފުޅުން:   

މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިވާ ފުރުޞަތަކީ، ޤައުމެއްގެ ޙަޔާތުގައި މަދުން މެނުވީ ލިބޭނޭ ފުރުޞަތެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކުވެސް ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުތައް އިސްކޮށް، އެކަންކަން ރައްކާތެރިކޮށް ކުރިއަށް ދިޔުމަށް އެއްބަސްވެގެން. ޤައުމު މި އޮތް ޙާލަތުން އެހެން ޙާލަތަކަށް ގެންދެވޭނީ އަޅުގަނޑުމެން އެންމެންނަށް އެކުގައި ކުރެވޭ މަސައްކަތްތަކަކުން. އިރާދަކުރެއްވިއްޔާ އަލަށް މި އުފެދިގެންދާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި، ތަފާތެއް ނުކުރާނެ. އަޅުގަނޑުގެ ސަރުކާރުގައި ހަމަ އެއްވެސް ރައްޔިތަކު ބާކީވެގެނެއް ނުދާނެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް