އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނުގެ އަނިޔާވެރިކަމުގަ ޖަލުތަކުގަ 3 އަހަރަށްފަހު ރައީސް ޔާމީނަށް އޯގާތެރިކަމާއެކު ޖަލުގަ ޚިދުމަތް ކުރައްވަން ޝައިޚް އިމްރާން!

ރައީސް ޔާމީނުގެ އަނިޔާވެރިކަމުގަ ޖަލުތަކުގަ 3 އަހަރަށްފަހު ރައީސް ޔާމީނަށް އޯގާތެރިކަމާއެކު ޖަލުގަ ޚިދުމަތް ކުރައްވަން ޝައިޚް އިމްރާން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ރައީސް ޔާމީނުގެ އަނިޔާވެރި ވަކިތަކުގައި ތާށިކޮށް 3 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޖަލުތަކުގެ ކުޑަގޮޅިތަކުގައި ގެންގުޅެ ބޮޑެތި އަނިޔާތައް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ހޯމް މިނިސްޓަރެވެ.

 

މަޤާމު ލިބިވަޑައިގަތުމުގެ ކުރިންވެސް ޝައިޚް އިމްރާންގެ އެއް ވަޢުދަކީ ޖަލުތަކުގެ ޙާލަތު އިޞްލާޙްކުރައްވަން މަސައްކަތްޕުޅު ކުރެއްވެވުމެވެ. ދެން މިއިވެނީ ރައީސް ޔާމީނުގެ މައްސަލަތައް ބަލަންފަށާނެ ވާހަކައެވެ. މައްސަލަތައް ބަލައިފިނަމަ ރައީސް ޔާމީނުގެ މައްޗަށް 300 ވަރަކަށް އަހަރުގެ ޖަލު ޙުކުމް ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

 

ޔޫސުފްގެފާނު ޖަލުން ސަލާމަތްވެވަޑައިގަނެ ވަޒީރުކަން ލިބިވަޑައިގަތުމުން ފެންވަޅަށް އެކަލޭގެފާނު ވައްޓައިލި އަޚުންނާއިމެދު ކަންތައް ކުރައްވާފައި ވަނީ ވަރަށް އޯގާތެރި ކަމާއިއެކުގައެވެ.

ޝައިޚް އިމްރާން އަކީ އަބަދުވެސް އިންޞާފަށް ލޯބިކުރައްވާ އަދި އިންޞާފަށް ވަކާލާތުކުރައްވާ އޯގާތެރި ބޭފުޅެކެވެ. އެހެންކަމުން ޝައިޚް އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި ރައީސް ޔާމީން ޖަލަށްލައިފިނަމަ ރައީސް ޔާމީނަށް އޯގާތެރިކަމާއެކު ޖަލުގައި ޚިދުމަތް ކުރައްވާނެކަން އެއީ ޔަޤީން ކަމެކެވެ.

 

ޝައިޚް އިމްރާނަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ޔޫސުފް ޢަލައިހިއްސަލާމް ޖަލުން ނުކުމެވަޑައިގެން ވަޒީރުކަމާއި ހަވާލުވެވަޑައިގަތެވެ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިއައީ (އަދާލަތު ޕާޓީގެ ރައީސް) ޝައިޚް އިމްރާން ޖަލުގެ ތޭރިތަކުން މިނިވަންވެވަޑައިގަތުމާއިއެކު ވަޒީރަކަށް ޢައްޔަނުކުރެވުނުތަން" ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް